ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު އިންޑަސްޓްރިއަލް ވިލެޖުން 15 އަހަރުދުވަހަށް ބިން ކުއްޔަށް ދޫކުރުމާއިގުޅޭ

މަސްކައްކައި ހިއްކުމާއި، ލޮނުމަސް އެޅުމުގެ މަސައްކަތާއި، ސޫފިލަނޑާގެ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ދެބިން  މިރަށު އިންޑަސްޓްރިއަލް ވިލެޖުން ކުއްޔަށް ދޫކުރަން ޤަސްދުކޮށްފީމެވެ. މިފަހަރު ބިޑުފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ، ކޮންމެ ބިޑު ފޮތެއް -/3000ރ(ތިންހާސް ރުފިޔާ) އަށެވެ.

 

         ވީމާ، އިންޑަސްޓްރިއަލް ވިލެޖުން ބިން ކުއްޔަށް ނަގަން ޝައުގުވެރިވެލައްވާ، ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރުން އެދެމެވެ.

1 . ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  07 ފެބްރުއަރީ 2022 ވާ ހޯމަ  ދުވަހު  10:00 ގެ ކުރިން  ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ، ނުވަތަ ފޯނުން ގުޅައިގެން ނަން ނޯޓް ކުރުން އެދެމެވެ. އަދި މި މުއްދަތުގައި ބިޑުފޮތަށް ފައިސާ ދައްކައި ނިންމެވުން އެދެމެވެ. ބިޑު ފޮތަށް ދައްކާ ފައިސާއަކީ، އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.

2 . މި ބިޑާއިގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ،  07 ފެބްރުއަރީ 2022 ވާ ހޯމަ  ދުވަހު  13:00  ގައި ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގައެވެ. މި މީޓިންގގައި ބިޑުފޮތްތައް ޙަވާލުކުރުން އޮންނާނެއެވެ. ބިޑުފޮތް ޙަވާލުކުރާނީ ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.

3 . ބިޑް ހުށައެޅުމާއި، ބިޑް ހުޅުވުން އޮންނާނީ،  22 ފެބްރުއަރީ 2022 ވާ ހޯމަ  ދުވަހު  12:00 ގައި އިސްދޫ ކައުންސިލްގެ އިދާރާގައެވެ.

            ނަންނޯޓު ނުކުރާ ފަރާތްތަކާއި، ނަންނޯޓްކުރިނަމަވެސް، ބިޑުފޮތަށް ފައިސާ ނުދައްކާ ފަރާތްތަކާއި، ގަޑިޖެހިގެން ޕްރީބިޑް މީޓިންގއަށް ވަޑައިގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ. އަދި ބިޑު ހުށައެޅުމުގެވެސް އެއް ފުރުޞަތެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އިދާރާގެ ނަމްބަރ 6800926 އަށް ރަސްމީ ގަޑީގައި ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.     

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 ޖަނަވަރީ 2022
ހޯދާ