ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން
ސްޓޯމް ވޯޓަރ ޕަންޕް ބެހެއްޓުމަށްޓަކައި ފުނާޑު ރަންވަރަ ގޯތީގެ އުތުރުން އޮތް ބިމުގައި 01 އިން 11 އަށް ނަންބަރު ޖަހާފައިވާ ރުއްތަކާއި އަދި އެބިމުގައި ހުރި 36 ފަތްކެޔޮ ގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.
ވީމާ، މިރުއްތަކާއި ފަތްކެޔޮގަސް ތަކުގެ މިލްކުވެރި ފަރާތެއް ވާނަމަ 03 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން އެރުއްގަސް ތަކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ގަސްތައްކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.
30 ޖަނަވަރީ 2022
ހޯދާ
