ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ސިކްސްތް ޕަވަރ ޑިވެލޮޕްމަންޓް މަސައްކަތުގެ ޓެންޑަރ އަދި އެއްބަސްވުމުގެ ލިޔެކިޔުންތަށް ތައްޔާރުކުރުމާއި، ޑިޒައިން ރިވިއުކޮށް އަދި ސައިޓް ސުޕަރވައިޒް ކުރުމަށް ކޮންސަލްޓެންސީގެ ޙިދުމަތްދޭނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

މާލެ، ދިވެހިރާއްޖެ                                                                                       

ނަންބަރު: H/IUL/2022/06

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ސިކްސްތް ޕަވަރ ޑިވެލޮޕްމަންޓް މަސައްކަތުގެ ޓެންޑަރ އަދި އެއްބަސްވުމުގެ ލިޔެކިޔުންތަށް ތައްޔާރުކުރުމާއި، ޑިޒައިން ރިވިއުކޮށް އަދި ސައިޓް ސުޕަރވައިޒް ކުރުމަށް ކޮންސަލްޓެންސީގެ ޙިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް އަގުހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ނަން ނޯޓް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކުންފުނީގެ އީމެއިލް ([email protected] CC:[email protected]) އަށް  29 ޖަނަވަރީ 2022 ވަނަ ދުވަހުގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

 

ދުވަސް

ވަގުތު

މަޢުލޫމާތު ދިނުން

30 ޖަނަވަރީ 2022 (އާދިއްތަ)

11:00 ގައި

އަގު ހުށަހެޅުން

06 ފެބުރުވަރީ 2022 (އާދިއްތަ)

11:30 ގައި

 

މި ބީލަމުގައި ބައިވެރިވުމަށް ތިރީގައި ދެންނެވިފައިވާ ޝަރުތު ފުރިހަމަވާންވާނެއެވެ.

-          ކޮންސަލްޓަންޓް އަކީ ކަރަންޓުގެ ސިނާޔަތުން އަދި ޕްރޮޖެކްޓް މެނޭޖްމަންޓްއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ހަމައެހެންމެ132kV  އާއި އެއަށްވުރެ މަތީ ވޯލްޓޭޖްގެ އަންޑަރގްރައުންޑް ޓްރާންސްމިޝަން އަދި ސަބްސްޓޭޝަން ޑިޒައިންކުރުމާއި އިމާރާތްކޮށް އަދި ކޮމިޝަން ކުރުމާއި ގުޅޭ 03 ޕްރޮޖެކްޓްގައި މަދުވެގެން މަސައްކަތްކޮށް ތަޖުރިބާ ހުރި ފަރާތަކަށްވުން.

-          ބިޑް ހުށައަޅާ ފަރާތަކީ ISO 9001:2015, ISO 18001 ސާޓިފައިޑް ފަރާތަކަށް ވާންވާނެއެވެ.

-          ތަޖުރިބާ ހުރި ފަރާތެއް ކަމުގައި ބެލެވޭނީ މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000.00 (ވިހި ހާސް) ޔޫ.އެސް ޑޮލަރު ނުވަތަ އެއަގަށްވާ ރުފިޔާ ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 100 (އެއް ސަތޭކަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

22 ޖުމާދުލްއާޙިރް 1443

25 ޖަނަވަރީ 2022

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ. 
 
25 ޖަނަވަރީ 2022
ހޯދާ