ދިވެހިރާއްޖެ
(IUL)38-DA/38/2022/25:ނަންބަރ
އިޢުލާން
މި ކޮމިޝަނުގެ ނަންބަރު (IUL)38-DA/38/2022/21 އަދި (IUL)38-DA/38/2022/22 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
2022 ފެބުރުވަރީ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، ވޯޓުފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އަދަދުތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެ ދާއިރާގެ ރައްޔިތުންގެ ތެރެއިން މާލެއަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އަދަދަށް ބަލައި އެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލެސިޓީގައި އިތުރު ވޯޓުފޮށްޓެއް ބެހެއްޓުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ.
އަދި ދަންނަވަމެވެ. މި ކޮމިޝަނުގެ ނަންބަރ (IUL)38-CA/38/2021/780 އަދި (IUL)38-CA/38/2021/784 އިޢުލާނުން މި އިންތިޚާބުގައި މާލެސިޓީގައި ވޯޓުފޮށި ބެހެއްޓުމަށް އިޢުލާންކޮށްފައިވާ ތަނަށް މިހާރު ބަދަލު އައިސްފައިވާތީ، 2022 ފެބުރުވަރީ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގައި ވޯޓު ފޮށި ބަހައްޓާނެ ތަންތަނާއި ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށިތަކުގެ ތަފްޞީލު ތިރީގައި މިދަންނަވަނީއެވެ.
|
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން |
|||||
|
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
ކޯޑު |
# |
|
ށ.ފޯކައިދޫ ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ރަޖިސްޓަރީކޮށްފައިވާ ރައްޔިތުންނެވެ. |
ށ.ފޯކައިދޫ - 1 |
C7.1 |
59 |
1 |
|
ށ.ފޯކައިދޫ ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ރަޖިސްޓަރީކޮށްފައިވާ ރައްޔިތުންނެވެ. |
ށ.ފޯކައިދޫ - 2 |
C7.2 |
60 |
2 |
|
ށ. މަރޮށީ އިޖްތިމާޢީ މަރުކަޒު |
މި ފޮށްޓަށް ވޯޓުލާނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ރަޖިސްޓަރީކޮށްފައިވާ ރައްޔިތުންނެވެ. |
ށ. މަރޮށި - 1 |
C9.1 |
62 |
3 |
|
ށ.އަތޮޅު ތަޢުލީމީ މަރުކަޒު / ކޮމަންޑޫ |
މި ފޮށްޓަށް ވޯޓުލާނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ރަޖިސްޓަރީކޮށްފައިވާ ރައްޔިތުންނެވެ. |
ށ.ކޮމަންޑޫ - 1 |
C11.1 |
64 |
4 |
|
ށ. ކޮމަންޑޫ ޕްރީ ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ރަޖިސްޓަރީކޮށްފައިވާ ރައްޔިތުންނެވެ. |
ށ.ކޮމަންޑޫ - 2 |
C11.2 |
65 |
5 |
|
އިސްކަންދަރު ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ށ. ކޮމަންޑޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ރައްޔިތުންނެވެ. |
ބައި-އިލެކްޝަން، އަތޮޅު-މާލެ-1 (ކޮމަންޑޫ ދާއިރާ) |
T0.1 |
1 |
6 |
|
އިސްކަންދަރު ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ށ. ފޯކައިދޫ އަދި ށ. މަރޮށީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ރައްޔިތުންނެވެ. |
ބައި-އިލެކްޝަން، އަތޮޅު-މާލެ-2 (ކޮމަންޑޫ ދާއިރާ) |
T0.2 |
2 |
7 |
|
ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން |
|||||
|
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
ކޯޑު |
# |
|
ތ. ވިލުފުށީ ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ ތ.ވިލުފުށީ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ރަޖިސްޓަރީކޮށްފައިވާ ރައްޔިތުންނެވެ. |
ތ. ވިލުފުށި-1 |
N2.1 |
288 |
1 |
|
ތ. ވިލުފުށީ ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ ތ.ވިލުފުށީ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ރަޖިސްޓަރީކޮށްފައިވާ ރައްޔިތުންނެވެ. |
ތ. ވިލުފުށި-2 |
N2.2 |
289 |
2 |
|
ގއ. ގެމަނަފުށީ ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ ގއ.ގެމަނަފުށީ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ރަޖިސްޓަރީކޮށްފައިވާ ރައްޔިތުންނެވެ. |
ގއ. ގެމަނަފުށި-1 |
P8.1 |
332 |
3 |
|
ގއ. ގެމަނަފުށީ ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ ގއ.ގެމަނަފުށީ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ރަޖިސްޓަރީކޮށްފައިވާ ރައްޔިތުންނެވެ. |
ގއ. ގެމަނަފުށި-2 |
P8.2 |
333 |
4 |
|
އިސްކަންދަރު ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ތ.ވިލުފުށި އަދި ގއ.ގެމަނަފުށީ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ރައްޔިތުންނެވެ. |
ބައި-އިލެކްޝަން، އަތޮޅު-މާލެ-3 (ތ.ވިލުފުށި އަދި ގއ. ގެމަނަފުށި) |
T0.3 |
3 |
5 |
މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
