އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ މެންޓަލް ހެލްތް ވޯރޑް ޓެރަސްގައި ޖިމް ފެސިލިޓީ އަކާއިއެކު ގާރޑަން އޭރިޔާ އަކަށް ތަރައްގީ ކުރުން
މިހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ މެންޓަލް ހެލްތް ވޯރޑުގައި ޖިމް ފެސިލިޓީ އަކާއިއެކު ގާރޑަން އޭރިޔާއަކަށް ތަރައްޤީ ކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- މިބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
- މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރ އަދި ފޯނު ނަމްބަރ އެގޭނެހެން 24 ޖަނަވަރީ 2022 ން 28 ޖަނަވަރީ 2022 އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
- މިމަސައްކަތާއިބެހޭ އެންމެހާ ލިޔެކިޔުންތައް 25 ޖަނަވަރީ 2022 ގެ 14:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ޖަނަވަރީ 2021 ގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރެއްވުން އެދެމެވެ.
- މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 35,000.00 ދިވެހި ރުފިޔާ (ތިރީސް ފަސް ހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިފެން 90 ދުވަހެވެ.
- ބީލަން ހުޅުވުން އޮންނާނީ 31 ޖަނަވަރީ 2022 ވާ ހޯމަ ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކޮށްފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
21 ޖުމާދަލް އާޚިރާ 1443
24 ޖަނަވަރީ 2022
24 ޖަނަވަރީ 2022
ހޯދާ
