|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
ސީނިއަރ އޮފިސަރ
|
|
ވަޒީފާގެ ދާއިރާ:
|
ވޯޓަރ، ސްވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/8,010ރ އާއި -/16,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ސެޓްފިކެޓް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- މައިކްރޯސްފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ފަރިތަކަމާއެކު ކުރުން
- ދިވެހިބަހުން އަދި އިނގިރޭސިބަހުން ފަރިތަކަމާއިއެކު ލިޔުމަށް އަދި ރަނގަޅަށް މުއާމަލާތްކުރުމުގެ ޤާބިލްކަންހުރި ފަރާތަކަށްވުން
- އަމިއްލަ ހުނަރު ބޭނުންކޮށްގެން ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ތައްޔާރު ކުރަން އިނގޭ ފަރާތެއްކަމުގައިވުން
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ފެނާއި ނަރުދަމާ ނިޒާމުގެ ތަފާސްހިސާބުގެ ރިކޯރޑްސް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކަމާބެހޭ ދާއިރާތަކުން މަޢުލޫމާތު ހޯދާ ދާއިރާތަކަށް ފޯރުކޮށްދޭންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުން
- ޑިޕާޓްމަންޓްގެ މަސައްކަތާއި ގުޅުންހުރި ދިވެހި އަދި އިނގިރޭސި ރިޕޯޓް އަދި ޕްރެޒެންޓޭޝަން ތައްޔާރުކުރުން
- ޑިޕާޓްމަންޓުގެ އިދާރީ އެންމެހާ މަސައްކަތްތައް
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
27 ޖަނަވަރީ 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 27 ޖަނަވަރީ 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމަށް އިންޓަވިއު ކުރުމުގައި ތައުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
17 ޖުމާދަލްއާޚިރާ 1443
20 ޖަނަވަރީ 2022
|