ދިވެހިރާއްޖެ
އިޢުލާން
އަލަށް ޢިމާރާތްކުރަން ހަމަޖެހިފައިވާ ވަޤުފް ޢިމާރާތް ޑިޒައިންކޮށް، ކުރެހުންތަކާއި، ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް އަދި ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ބޭފުޅުންނަށް މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
ޕްރީ ބިޑް މީޓިންގ އޮންނާނީ 2022 ޖަނަވަރީ 25 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. މި މީޓިންގައި ބިޑާއި ގުޅިގެން ސަމާލުކަންދޭންވީ ކަންކަން ހިއްސާކުރުމާއި، ބިޑަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2022 ޖަނަވަރީ 23 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ކުންފުނީގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 ޖަނަވަރީ 30 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2022 ޖަނަވަރީ 26 ވާ ބުދަ ދުވަހުގެ 16:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020284 3020239 3020276 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
