ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކާރު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން
ނަންބަރު: TENDER/HMH/2022/003
ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކާރު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
|
މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން: |
ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 25 ޖެނުއަރީ 2022 ވާ އަންގާރަ ދުވަހުގެ 10:00 ގައި ހޮސްޕިޓަލުގެ ވައްލަ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ. |
|
އަންދާސީ ހިސާބު ހުށަހެޅުން: |
2 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 27 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350152 / 3350113
އީ-މެއިލް: [email protected]
19 ޖެނުއަރީ 2022
