ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އުތީމު ކައުންސިލްގެ ސިއްކަ ފަރުމާ ކޮއްދޭނެ ފަރާތެއް ހޯދުން

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާގެ ސިއްކަ ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންވާ ފަރާތްތަކުން 02 ފެބުރުވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި މި ދަންނަވާ ކަންކަމަށް ވިސްނަވައިގެން ސިއްކަ ފަރުމާކޮށް ދެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސިއްކަ ފޮނުއްވާނީ މި އިދާރާގެ [email protected] މެއިލަށެވެ. އެއްވަނަ އަށްހޮވޭ ސިއްކައަކަށް އިނާމެއްގެ ގޮތުގައި -/4000 ރުފިޔާ ( ހަތަރު ހާސް ރުފިޔާ ) ލިބިވަޑައި ގަންނަވާނެއެވެ.

 

ސިއްކަ ފަރުމާކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް

 

  • މި ސިއްކާގައި އުތީމު ރަމްޒު ކޮށް ދިނުން
  • އެއްވެސް ތަނެއްގައި ބޭނުން ކުރަމުންދާ ސިއްކައަކަށް ނުވުން ( ކޮޕީ އަކަށް ނުވުން )
  • އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން
  • ހއ. އުތީމަށް ނިސްބަތް ކުރެވޭ ޚާއްޞަ ސިފައެއް ރަމްޒު ކޮށްދޭ އެއްޗަކަށް ވުން
  • 20mm x 20mm  އަށް ކުޑަކުރުމުން ސިއްކައިގެ އަސްލު ނުގެއްލުން
  • ލޯގޯއިން ރަމްޒު ކޮށްދޭ އެއްޗެއްގެ ތަފްސީލު ހުށަ އެޅުން
  • ސިއްކައަކީ ރަމްޒީ އެއްޗަކަށްވާތީ، ސިއްކަ ފަރުމާ ކުރެވިފައި ހުންނަންވާނީ ވީހާވެސް ފަސޭހައި ކޮންއެއްޗެއްކަން ދެނެގަނެވޭނެ ގޮތަކަށެވެ.
  • ސިއްކައިގައި '' ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ '' މިގޮތަށް ދިވެހި ބަހުން ނުވަތަ އިނގިރޭސިބަހުން ލިޔަންވާނެއެވެ.
  • މައުދަނުގައި ނުވަތަ ފައިބަރ ގައި ކަނޑާ ނަގައިގެން ސިފަ ފާޅު ކުރެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވުން
  • ހުށައަޅާ ސިއްކައިގެ ހާޑް އަދި ސޮފްޓް ކޮޕީ ހުށައަޅަން ވާނެއެވެ.
  • ލޯގޯ ހެދުމުގައި މި ކުލަތަކަށް (ނޫ، ހުދު، ފެހި އަދި ޗޮކްލެޓް) އިސްކަން ދެވިދާނެއެވެ.
17 ޖަނަވަރީ 2022
ހޯދާ