މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ / މިނިސްޓްރީ އޮފް ހެލްތު

 

އިޢުލާން

 

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު

J-346351,J346356

ބޭނުންވާ އަދަދު

02 (ދޭއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން/ ސެކްޝަން

ރީޖަނަލް އެންޑް އެޓޯލް ހެލްތް ސާރވިސަސް ޑިވިޜަން، ހެލްތް ފެސިލިޓީސް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ. ސެކްޝަން، ހެލްތް ސަރވިސަސް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/7035 ރުފިޔާ    

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ކޮމިއުނިޓީ ހެލްތު، ހެލްތު ޕޮލިސީ، ޕްރައިމަރީ ހެލްތުކެއަރ، ޕަބްލިކް ހެލްތު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ސަރުކާރުގެ ސިޔާސަތުތަކާއި އަދި މިނިސްޓްރީގެ ޕޮލިސީތަކާއި ސިޔާސަތުތަކާއި އެއްގޮތަށް އުތުރު އަތޮޅުތެރޭގެ ސިއްޙީހިދުމަތް، ރައްޔިތުންނާއި ގާތުން ދިނުމަށް ފަންނީ ގޮތުން އެހީތެރިވެދީ، އަލަށް ތައާރަފު ކުރެވޭ ޚިދުމަތްތަކާއި މަޝްރޫޢުތައް ތަންފީޒު ކުރުމަށް ފަންނީ ގޮތުންނާއި އިދާރީ ގޮތުން ވިލަރެސްކޮށް،ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވުމާއި އަދި މަސައްކަތް ކުރެވޭ ވަރު ބަލައި މޮނިޓަރ ކުރުން.
  2. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ހިނގާނުހިނގާ ގޮތް ބަލައި ކަންކަން ރަނގަޅު ކުރުމަށް ދޭންޖެހޭ ޓެކްނިކަލް މަޝްވަރާއާއި އިރުޝާދު ވެރިންގެ ލަފަޔާއިއެކު ދިނުން. އަދި ދަތިވާ ކަންކަން ހައްލު ކުރުމަށް އެހީތެރިވެދިނުން.
  3. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ދެވޭ ޚިދުމަތްތަކާއި ގުޅިގެން ލިބޭ ޝަކުވާތަކާއި މައްސަލަތައް އަދި ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން ހަވާލުވެ ހުންނަވާ ވެރިޔާއަށް މަޢުލޫމާތު ޙިއްޞާ ކުރުމާއި އެފަރާތުގެ ލަފާގެ މަތިން ހުރިހާ ކަމެއްވެސް ކުރިޔަށް ގެންދިއުމާއި އަޕްޑޭޓްސް ޙިއްޞާ ކުރަމުން ގެންދިއުން.
  4. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ފޮނުވޭ ތަކެތީގެ ތެރެއިން މަދުން ބޭނުންކުރެވޭ އަދި އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭ ތަކެތި ދެނެގަނެ އެންމެ ބޭނުންވާ މަރުކަޒުތަކަށް ފޮނުވުމަށް ސެންޓްރަލް ސަޕްލައިޒް އަށް އެންގުމާއި އަދި އެ މަސައްކަތް ޓެކްނިކަލީ މޮނިޓަރ ކުރުން.
  5. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން މިނިސްޓްރީ އޮފް ހެލްތަށް ފޮނުވަންޖެހޭ ރިޕޯރޓްތަކާއި، ޤަވާޢިދުން ހިންގަން ކަނޑައަޅާފައިވާ ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ޤަވާޢިދުން ހިންގާ ރިޕޯރޓް ކުރަމުންދޭތޯ ބަލާ އެމަސައްކަތް ޓެކްނިކަލީ މޮނިޓަރ ކުރުން.
  6. ޒޯންތަކުން ކުރިއަށްގެންދާ އައުޓްރީޗް ޕްރޮގްރާމްތަކާއި އެހެނިހެން ދަތުރުތަކުގެ އިދާރީ ލިޔެކިޔުންތަކާއި އެއަރ ޓިކެޓް/ލޯންޗްގެ ކަންކަންފަދަ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވާކަން ކަށަވަރުކުރުން. އަދި ދަތުރާއި ގުޅޭ މަޢުލޫމާތު ގުޅުންހުރި ފަރާތްތަކަށް ލިބިފައިވާކަން ކަށަވަރުކުރުން.
  7. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް މިނިސްޓްރީގެ ފަރާތުން ރާވާ އެކިއެކި ދަތުރުތަކުގައި ބައިވެރިވެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހާލަތު ބަލައި ކަންކަން ރަނގަޅު ކުރުމަށް މަޢުލޫމާތު ޙިއްޞާ ކުރުމާއި ޑިވިޜަންގެ ހެޑަށް ރިޕޯރޓްކޮށް ޑޮކިއުމަންޓް ފައިލް ކުރިކަން ކަށަވަރު ކުރުން.
  8. ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ޚިދުމަތުގައި ތިބެންޖެހޭ މިންގަނޑަށް ތިބިތޯ ޓެކްނިކަލީ ބެލުން.
  9. އަލަށް ތަޢާރަފް ކުރެވޭ ޚިދުމަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދޭތޯ ބެލުމާއި އެކަމާއި ގުޅޭ ޓެކްނިކަލް ލަފާ ދިނުން.
  10. ޚިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓާއި، މެޝިނަރީޒް އަދި ކޮންސިއުމަބަލްސް ގިންތި ކުރެވިފައިވާ މިންގަނޑަށް ފޯރުކޮށްދެވޭތޯ ބެލުމާއި އެކަމާއި ގުޅޭ ޓެކްނިކަލް މަޢުލޫމާތު ބެހެއްޓުން.
  11. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ކުރާ މަރާމާތުތައް ޓައިމްލައިންއާއި އެއްގޮތަށް ކުރިއަށްދޭތޯ ބަލާ މޮނިޓަރ ކުރުން.
  12. އެމްބިއުލަންސްއާއި ލޯންޗްގެ ފަންކްޝަނަލް ސްޓޭޓަސް ގަވާއިދުން ބަލައި، މޮނިޓަރ ކުރުން.
  13. ހޮސްޕިޓަލުތަކުގެ ހިންގުން ހަވާލުކުރާ ފަރާތްތައް ވެރިންގެ ލަފަޔާއި އެއްގޮތަށް ކަނޑައަޅާ، އެ ފަރާތްތަކަށް އެންގުން.
  14. އަތޮޅުތަކުގައި ހިންގާ އައުޓް ރީޗް ޕްރޮގްރާމްތަކަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީ ހިނގާ ނުހިނގާ ގޮތް ބެލުމާއި ރެކޯރޑް ބެލެހެއްޓުން.
  15. ޞިއްޙީ ޚިދުމަތާއި ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭ މިންވަރު ބަލައި، އެކަންތައްތަކަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީ އެކަންކަމުގެ ރެކޯރޑް ބެލެހެއްޓުން.
  16. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަޤާމާއި ގުޅޭ ވަޒީފާ ބަޔާން އަޕްޑޭޓްކޮށް ތައްޔާރު ކުރެވިފައިވޭތޯ ބެލުން.
  17. ހެލްތް ސަރވިސް ޑިވިޜަނާއި ހުރިހާ ހޮސްޕިޓަލްތަކުގެ ވެރިންގރ ޓްރެއިނިންގ މަސައްކަތްތައް ސެކްޝަނާއި ހެލްތް ސަރވިސް ޑިވިޜަނުގެ ވެރިންގެ ލަފާގެމަތިން ކުރިއަށް ގެންދިއުން.
  18. ހޮސްޕިޓަލް އަދި ޞިއްޙީ މަރުކަޒުތަކުގެ އެކިއެކި މުވައްޒަފުންނަށް ދެވޭ ޓްރެއިނިންގ ފާހަގަކޮށް އެފަރާތްތަކަށް ޓްރެއިނިންގ ދިނުމުގައި ކުރަންޖެހޭ މަސައްކަތްތައް ޓްރެއިނިންގ ސެކްޝަނާއި ގުޅިގެން ކުރިއަށް ގެންދިއުން.
  19. ޑޮކްޓަރިން ތިބެންޖެހޭ މިންގަނޑަށް ޑޮކްޓަރުން ތިބިތޯ ބަލައި މޮނިޓަރ ކުރުން.
  20. ޓެލެމެޑިސިންގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީ އަދި އެކަންތައްތައް މޮނިޓަރ ކުރުން.
  21. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް މީޑިއާ މެދުވެރިކޮށް އާއްމު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  22. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 ނުވަތަ

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ތަޢުލީމީ ރޮނގުތައް:

  • ކޮމިއުނިޓީ ހެލްތް
  • ހެލްތު ޕޮލިސީ
  • ޕްރައިމަރީ ހެލްތުކެއަރ
  • ޕަބްލިކް ހެލްތު             

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  • ކޮމިއުނިޓީ ހެލްތު
  • ހެލްތު ޕޮލިސީ
  • ޕްރައިމަރީ ހެލްތުކެއަރ
  • ޕަބްލިކް ހެލްތު

ގުޅޭ ވަޒީފާގެ ދާއިރާ

  • ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

 ޕްރެޒެންޓޭޝަން

10

 އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 24 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަރވިއު       (އިމްތިޙާނު، ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2022 ޖެނުއަރީ / ފެބްރުވަރީ މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު، ޕްރެޒެންޓޭޝަން،  އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected]   އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014439 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/recruitment-usoolu އިން ލިބެން ހުންނާނެއެވެ.

17 ޖަނަވަރީ 2022
ހޯދާ