ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭނުންކޮށްފައިހުރި މުދާތަކެއް ނީލަމުގައި ވިއްކާލުން

މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ކޮމްޕިއުޓަރާއި ފަރުނީޗަރު ފަދަ ތަކެތި) 22  ޖަނަވަރީ 2022 ވާ ހޮނިހިރުދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

 ނީލަން އޮންނަ ތަން:                     ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

                                   ހ. އޯކިޑް 3 ވަނަ ފަންގިފިލާ

                                   އަމީރު އަޙްމަދު މަގު / މާލެ

މުދާ ބެލޭނެ އިންތިޒާމް                   ނީލަމުގައި ވިއްކާ މުދާ ބެލޭނެ އިންތިޒާމް 22  ޖެނުވަރީ 2022  ވާ ހޮނިހިރު ދުވަހުގެ މެންދުރު 13:45 ގައި އޮންނާނެއެވެ.

ނީލަން ގަޑި:                          މެންދުރު 14:00 (22  ޖެނުވަރީ 2022 ވާ ހޮނިހިރު ދުވަހު)

ފައިސާ ދެއްކުން:                      ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެމުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެގަޑީގައި ދައްކަންވާނެއެވެ.

މުދާ ގެންދިއުން:                       ނީލަމުން ނަގާ މުދާ، ޖެހިގެން އަންނަ މަސައްކަތު ދުވަހުގެ 15:00 ގެ ކުރިން އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާނުލާ ނައްތާލެވޭނެއެވެ.

އިތުރުމަޢުލޫމާތު:                      ނީލަން ލިސްޓްގައި ނަން ނޯޓުނުކުރާ ފަރާތްތަކަށް، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 30141104/3336619 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

                                                  

13 ޖަނަވަރީ 2022
ހޯދާ