ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ޖެނެރަލް ކޮންސިއުމަބަލަސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ޖެނެރަލް ކޮންސިއުމަބަލަސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރު: TENDER/HMH/2022/002

މިހޮސްޕިޓަލަށް ބޭނުންވާ ޖެނެރަލް ކޮންސިއުމަބަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ.

 

މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން:

 ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 20 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހޮސްޕިޓަލުގެ ވައްލަ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

27 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 26 ޖަނުއަރީ 2022 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350113

އީ-މެއިލް: [email protected]

13 ޖެނުއަރީ 2022

 

 

 

 

13 ޖަނަވަރީ 2022
ހޯދާ