ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ - ކުއްލިއްޔާ އޮފް ޤުރުޢާން އެންޑް ސުންނާ (ވަގުތީ)

މަޤާމު:

ސީނިއަރ ލެކްޗަރަރ - ކުއްލިއްޔާ އޮފް ޤުރުޢާން އެންޑް ސުންނާ (ވަގުތީ)

 

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

 

ނޯޓު:

މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ތަޢުލީމީ ލިޔެކިޔުންތަކަށް މާރކްސް ދެވޭނީ އިޢުލާނުގެ އެންމެދަށް ސްޕައިން (ADG7/46) ގައިވާ ޝަރުތު ފުރިހަމަވުމުނެވެ.

މަޤާމުގެ ސްޕައިން ޕޮއިންޓާއި، މަގާމުގެ ޝަރުތު އަދި އަސާސީ މުސާރައާއި ސަރވިސް އެލަވަންސް

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ލެކްޗަރަރ (ވަގުތީ)

ADG8/46

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއިއެކު 4 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން

15246.00 ރުފިޔާ

 

6534.00

ރުފިޔާ

ADG8/47

. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 46 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

2. މި އޮނިގަނޑުގެ އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކް އާ އެއްފެންވަރެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

15695.25

ރުފިޔާ

6726.56

ރުފިޔާ

ADG8/48

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 47 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

2. މި އޮނިގަނޑުގެ އޭޑީޖީ ކްލެސިފިކޭޝަން 8 ގެ ރޭންކް އާ އެއްފެންވަރެއްގެ މަޤާމެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

16143.91

ރުފިޔާ

6918.82

ރުފިޔާ

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ވަރކްލޯޑް ޕޮލިސީއާއި އެއްގޮތަށް ޓޭބަލް ކުރެވޭ ގަޑިތަކާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް ނެގުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާއި އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
  • ޓިއުޓޯރިއަލް އާއި އަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
  • ކަރިކިއުލަމްއާއި އެއްގޮތަށް ކިޔަވައިދީ، ކޮންމެ ސެމިސްޓަރއެއް ނިމުމުން ދަރިވަރެއްގެ ޕްރޮގްރެސް އާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
  • ޕޯސްޓްގްރެޖްއޭޓް ރިސާރޗް ދަރިވަރުން ސުޕަވައިޒް ކުރުން.
  • އައު މުޤައްރަރުތައް ފަރުމާކުރުމާކޮއްގެން ކިޔަވައިދެމުންދާ މުޤައްރަރުތައް އިޞްލާޙުކޮށް އިތުރަށް ތަރައްޤީ ކުރުން.
  • މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތަށް މާކުކޮށް ނިންމުން.
  • އާ ޕްރޮގުރާމްތައް އުފައްދައި، ކިޔަވަވައިދެމުންދާ މޮޑިއުލްތަކުގެ ފެންވަރު އިތުރަށް ތަރައްޤީކުރުން.
  • ފަންނީ މުވައްޒަފުންގެ ބައްދަލުވުން ތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
  • އެކަޑަމިކް ރިސަރޗް ކުރުމާއި، ރިސަރޗް ޕަބްލިޝް ކުރުމުގައި ފެކަލްޓީތަކުގެ ބޭފުޅުންނާއިއެކު މަސައްކަތް ކުރުން.
  • މާއްދާ ކޯޑިނޭޓް ކުރުމާއި ކޯސް ކޯޑިނޭޓް ކުރުން.
  • މަޤާމާއި ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން) - ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް  (އިސްލާމިކް ރިވީލްޑް ނޮލެޖް/ޢުސޫލުއްދީން އެންޑް ކޮމްޕަރޭޓިވް ރިލިޖަން ނުވަތަ ގައިޑެންސް އެންޑް ކައުންސިލިންގ) ހާޞިލުކޮށްފައިވުން.
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  •  
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް) -  އަރަބި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާ މުވާޞަލާތު ކުރަން އެނގޭކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން

ވަޒީފާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެވޭނެއެެވެ.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާޔަށް އެދި ހުށަހަޅާނެ ގޮތް

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
  • ium.to/post
  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް

  • 23 ޖަނަވަރީ 2022 ވަނަ ދުވަހުގެ 23:59 އަށް

ނޯޓު

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މި މަޤާމަށް މުވައްޒަފަކު އައްޔަން ކުރުމުގައި މަޝްހޫރު 10 ޤިރާއަތަށް ފަރިތަ  ޤިރާއަތުގެ ރޮނގުން އިޖާޒާ އޮތް އަދި ސަނަދުގެ ގޮތުން ރަސޫލު، ޞައްލަﷲ ޢަލައިވަސައްލަމް، އާ ގުޅިފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 24 ޖަނަވަރީ 2022 އިން 28 ފެބްރުވަރީ 2022 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
11 ޖަނަވަރީ 2022
ހޯދާ