ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ނާރސް (ސްޕެޝަލިޓީ)

 

މަޤާމް: ނާރސް (ސްޕެޝަލިޓީ)  

ޑިޕާޓްމަންޓް: އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރ

މަސައްކަތް ކުރަންޖެހޭ ތަން: އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރ

 

ތަޢުލީމާ ތަޖުރިބާ:

މަގާމު

ޢަދަދު

ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

ރެޖިސްޓަރޑް ނަރސް (ސްޕެޝަލިޓީ)

04

CS9-1


މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ސްޕެޝަލިޓީ ދާއިރާއަކުން ޕްރޮފެޝަނަލް ސަނަދެއް ހާސިލްކޮށްފައިވުން.

-/9360 ރުފިޔާ

CS9-2

ރެޖިސްޓަރޑް ނަރސް (ސްޕެޝަލިޓީ) / ރެޖިސްޓަރޑް ނަރސް މިޑްވައިފް، ސީއެސް 9-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާރކްސް ހޯދާފައިވުން.

-/9520 ރުފިޔާ

CS9-3

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ސްޕެޝަލިޓީ ދާއިރާއަކުން ޕްރޮފެޝަނަލް ސަނަދެއް ހާސިލްކޮށްފައިވުން.

-/9670 ރުފިޔާ

ސީނިއަރ ރެޖިސްޓަރޑް ނަރސް (ސްޕެޝަލިޓީ)

02

CS11-1

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ސްޕެޝަލިޓީ ދާއިރާއަކުން ޕްރޮފެޝަނަލް ސަނަދެއް ހާސިލްކޮށްފައިވުމާއެކު ނަރސިންގ ދައިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

-/10170 ރުފިޔާ

CS11-2

ސީނިއަރ ރެޖިސްޓަރޑް ނަރސް (ސްޕެޝަލިޓީ) / ސީނިއަރ ރެޖިސްޓަރޑް ނަރސް މިޑްވައިފް، ސީއެސް 11-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

-/10410 ރުފިޔާ

CS11-3

ސީނިއަރ ރެޖިސްޓަރޑް ނަރސް (ސްޕެޝަލިޓީ) / ސީނިއަރ ރެޖިސްޓަރޑް ނަރސް މިޑްވައިފް، ސީއެސް 11-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

-/10650 ރުފިޔާ

     

ސަރވިސް އެލަވަންސް

 

-/235 ރުފިޔާ  (ކަނޑައަޅާފައިވާ  ގޮތުގެ މަތިން)

 

ަކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 

1-  ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި ބަލިމީހުންނަށް ކެއަރ ދެވޭނޭގޮތް އަދި މިކަމުގައި އިޚްލާޞްތެރިކަމާއިއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.

2-  ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި އަދި ރިފަރކޮށްފައި ތިބޭމީހުން އެޑޮކްޓަރަކަށް އެންގުން.

3- ޑޮކްޓަރުގެ ލަފާގެމަތިން ބަލިމީހުންނަށް ދެވޭފަރުވާ ރީހެބިލިޓޭޝަންއާއި ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން.

4- ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރ އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން. 

5- ބަލިމީހުންނާއިބެހޭ ކަންތައްތަކުގައި ޑޮކްޓަރުންނާއި އަދި ހޮސްޕިޓަލުގެ ލެބޯޓްރީ، އެކްސްރޭ ފަދަ އެހެނިހެން ޑިޕާރޓްމަންޓްތަކާއި ދެމެދު މުވާސަލާތު ހިންގުން

ކުރިމަތިލުމުގެ ސުންގަޑި: 20 ޖަނަވަރީ 2022 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

  • މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުށަހަޅުއްވާނީ ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.
  • ސީވީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް
  • މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ރެޖިސްޓްރޭޝަން އަދި ލައިސެންސް
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

09 ޖަނަވަރީ 2022
ހޯދާ