ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީ ސްކޫލް ޓީޗަރުން ހޯދުން

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމް

ޕްރީ ސްކޫލް ޓީޗަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

02 (ދޭއް)

ވަޒީފާގެ މުއްދަތު:

01 އަހަރު

މަޤާމް އޮތް އޮފީސް

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓު

މުނިސިޕަލް ސަރވިސް ޔުނިޓު/ ލ. އިސްދޫ ޕްރީ ސްކޫލް، ލ.އިސްދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން

ލ.އިސްދޫ ޕްރީ ސްކޫލް/ ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

މަސައްކަތް ކުރަންޖެހޭ ވަގުތު

6 (ހައެއް) ގަޑިއިރު

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ޕްރީ ސްކޫލް ދަރިވަރުންނަށް ކިޔަވައި ދެއްވުމާއި ކުދިންނަށް ދެމުންގެންދާ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމާއި އެކުއްޖެއްގެ ފެންވަރުގައި ޕްރީ ސްކޫލު ކުދިންނަށް ތަޢުލީމުދީ އުނގަންނައި ދިނުން.
 2. ކުދިންނަށް ތަޢުލީމު ދިނުމަށް ރޭވިގެން ރަނގަޅަށް ތައްޔާރު ވެގެން ތަޢުލީމު ދިނުން.
 3. ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ސްކީމްތައް ހެދުމާއި ލެސަން ޕްލޭނުތައް ހެދުމާއެކު ކިޔަވައި ދިނުމަށް ރަނގަޅަށް ތައްޔާރުވުން އަދި އެކަމަށް ބޭނުންވާ ތަކެތި ކައުންސިލްގެ އިދާރާއަށް ނުވަތަ ސްޕަރވައިޒަރަށް ހުށަހަޅާއިގެން ހޯދުން.
 4. ހަވާލުވެފައިވާ ކުލާސްތަކުގައި ކިޔަވާ ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި ފެންވަރު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 5. ކުދިންނަށް ކުލާހުގައި ދެވޭ މަސައްކަތާއި ގެއަށް ހަވާލުކުރެވޭ މަސައްކަތްތައް ހަވާލުކުރުމުގެ ކުރިން ރަނގަޅަށް ބަލައި ޗެކްކޮށް ރަނގަޅު ކުރަންޖެހޭ ކަމެއްވާނަމަ ރަނގަޅު ކުރުން.
 6. ކުދިން ޝަޢުޤުވެރި ވާނެ ގޮތަށް ކުލާސްތެރެ ޒީނަތްތެރިކުރުން.
 7. ދުވަހުން ދުވަހަށް ކުލާސްތަކުގައި ދެވޭ މަސައްކަތްތަކުގެ ރެކޯޑު ބެލެހެއްޓުން.
 8. ސްކޫލްގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުން.
 9. ބެލެނިވެރިން ގުޅިގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.
 10. ކުދިންނާއެކު އުޅެވޭފަދަ މިޒާޖެއްގެ މީހަކަށްވުމުގެ އިތުރުން ތެދުވެރިކަމާއި އަމާނާތް ތެރިކަމާއި ކެތްތެރިކަމާއެކު އުފެއްދުންތެރި، ޚިޔާލުތަނަވަސް އަދި ވިސްނައިގެން ކަންތައްތައް ކުރަން އިނގޭ ރޭވުންތެރި މީހަކަށްވުން.
 11. ސްކޫލާއި ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި މުބާރާތް ފަދަ ކަންކަމުގައި އެހީތެރިވުން.
 12. ކުދިންގެ ކިޔެވުމާއި ތަރުބިއްޔަތާއި ގުޅޭ ގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން
 13. ޚާއްޞަ ސަމާލުކަންދޭންޖެހޭ ދަރިވަރުންނަށް ދޭންޖެހޭ ސަމާލުކަންދީ ރައްކާތެރިކަން ދިނުން
 14. ސްކޫލު ހިންގުމުގައި ކުރަންޖެހޭ މަސައްކަތްތައް (ސްކޫލު ހިންގަވާ ފަރާތްތަކުން އަންގާ ގޮތެއްގެ މަތީން) ކުރުން
 15. ހަވާލުކުރެވިފައިވާ ތަކެތި ބޭނުން ކުރުމުގައި އިސްރާފު ނުކުރުމާއި ރައްކާތެރިކަމާއެކު ތަކެތި ބެލެހެއްޓުން.
 16. ކުލާސް ރޫމުތަކާއި އޮފީސްތެރެ ސާފުތާހިރުކޮށް ތަރުތީބުން ތަކެތި ބެހެއްޓުމާއި ލިޔެކިޔުން ސާފުތާހިރުކޮށް ރައްކާތެރިކަމާއެކު ގެންގުޅުން.
 17. ވަޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
 18. ކައުންސިލް އިދާރާއިން ފާހަގަކުރާ ދުވަސްތައް ފާހަގަ ކުރުމުގައި މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން.
 19. ކައުންސިލުން ހިންގާ އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ އެހީތެރިވުން.
 20. ސްކޫލާއި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިއްމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.
 21. މީގެއިތުރުންވެސް ވަޒީފާއާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

މަޤާމުގެ ނަން

މަޤާމުގެ ރޭންކް

މަޤާމުގެ ކްލެސިފިކޭޝަން

މަޤާމުގެ ޝަރުޠު

މަޤާމުގެ މުސާރަ

 (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

މިނިމަމްވޭޖް އެލަވަންސް (މަހަކު)

ޕްރީ ސްކޫލް ޓީޗަރ

CS11-1

ޕްރީ ސްކޫލް

ޓީޗަރ

-ޕްރީސްކޫލް ރޮނގުން ނުވަތަ އާރލީ ޗައިލްޑްހުޑް ކެއަރގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. 

/-3500.00 ރުފިޔާ

-/2000ރުފިޔާ

-/1755ރުފިޔާ

އެހެނިހެން އެލަވަންސް

 

1-      އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

2-      ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތްތައް

3-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1.  
 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި މިކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 6. (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
 7. (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
 8. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
 9. (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 10. (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 11. (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 12. (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
 13. (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް

ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުން

50

 އަސާސީ ޝަރުތުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމު 

5

 އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

  އިންޓަރވިއު  

40

 

 

 

 

 

 

ނޯޓް: މަޤާމަށް އައްޔަށްކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި

ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖެނުއަރީ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) 

އޮންނާނެ ތަނާއި، މުއްދަތު

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 ޖެނުއަރީ 2022 އާއި 23 ޖެނުއަރީ 2022 އާ ދެމެދު، ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް

ކުރިމަތިލީ ފަރާތްތަކަށް

ޕޮއިންޓު ލިބުނު ގޮތުގެ

 ޝީޓް (A2 ޝީޓު)" އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800709،6800920 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން

ލިބެން ހުންނާނެއެވެ.

                 

 

05 ޖަނަވަރީ 2022
ހޯދާ