| ޚިދުމަތުގެ ފެންވަރާއި މުއްދަތު | ޚިދުމަތްތައް | # | 
| ކޯޕަރޭޓް ސަރވިސަސް (ރިސެޕްޝަން) | 
| އޮފީހުގެ ފޯނަށް އަންނަ ފޯލްކޯލުތަކަށް ޖަވާބުދިނުން | 
| 
ރަސްމީ ދުވަސްދުވަހު ހެނދުނު 8:00 ން 14:00 އަށް ޚިދުމަތް ހޯދަން  6540579  ށް ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބވަޑައިގަންނަވާނެ.   
ޚިދުމަތް ހޯދަން ގުޅިފަރާތުން ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރުން، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.   |   އޮފީހުގެ ފޯނަށް އަންނަ ފޯލްކޯލުތަކަށް ޖަވާބުދިނުން |   1 | 
| ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން | 
| 
ސްކޫލަށް ބަލައިގަންނަ އެންމެހާ ލިޔެކިޔުންތައް ބަލައިގަންނާނީ ރަސްމީ ދުވަހު ހެނދުނު 8:00 ން 14:00 އަށް ސްކޫލުގެ އޮފީހުގެ ކައުންޓަރުންނާއި ސްކޫލްގެ އީމެއިލް    [email protected] އިން.   
ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ދެވޭނެ.     
ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބުދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ. |       ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީ ނުވަތަ ލިޔެކިޔުންތައް ބަލައިގަނެ ޖަވާބުދާރީވުން |       2       | 
| ދަރިވަރުން ރެޖިސްޓަރ ކުރުމާއި ރަޖިސްޓްރީން އުނިކުރުން އަދި ބެލެނިވެރިކަން ބަދަލުކުރުން | 
| 
އެލް.ކޭ.ޖީ އަށް ވައްދަން އެދޭ ދަރިވަރުން ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ފުރިހަމަކޮށް ސްކޫލަށް ހުށަހެޅުން.   
ދަރިވަރުގެ ފޯމް ސްކޫލަށް ލިބުން، ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައިވާނަމަ، ދަރިވަރު ސްކޫލަށް ރަޖިސްޓްރީކުރެވުނު ކަމުގެ ލިޔުމާއި ޔުނީފޯމް ނަމޫނާ ވަގުތުން ދޫކުރުން     |   އެލް.ކޭ.ޖީ އަށް އަލަށް ދަރިވަރުން ރަޖިސްޓްރީކުރުން |   3 | 
| 
ދަރިވަރު އެއް ސްކޫލުން އަނެއް ސްކޫލަށް ަބދަލުކުރުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުން.ދަރިވަރުގެ ޓްރާންސްފަރ ފޯމް ސްކޫލަށް ލިބުމުން، ޓްރާންސްފަރ ރިކުއެސްޓް މިހާރު ދަރިވަރު ރަޖިސްޓްރީވެފައިވާ ސްކޫލަށް ރަސްމީ 1 ދުވަސްތެރޭ ފޮނުވާ އެކަން ބެލެނިވެރިޔާއަށް އެންގުން.ސްކޫލުން ފޮނުވި ރިކުއެސްޓް ދަރިވަރު މިހާރު ކިޔަވަމުންދާ ސްކޫލުން އެކްސެޕްޓް ކުރުމުން، ދަރިވަރު ސްކޫލަށް ވައްދަންއެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ބެލެނިވެރިޔާއަށް އެންގުން.ދަރިވަރުގެ ފޯމް ސްކޫލަށް ލިބުމުން، ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައިވާނަމަ، ދަރިވަރު ސްކޫލަށް ރަޖިސްޓްރީކުރެވުނު ކަމުގެ ލިޔުމާއި ޔުނީފޯމް ނަމޫނާ ވަގުތުން ދޫކުރުން. |         ޔޫ.ކޭ.ޖީ އިން 10 ށް ދަރިވަރު ރަޖިސްޓްރީކުރުން |         4 | 
| 
ދަރިވަރުގެ ޓްރާންސްފަރ ރިކުއެސްޓް ބަދަލުވާން އެދޭ ސްކޫލުން މިމީސް މެދުވެރިކޮށް ލިބުމުން، އެކަން ދަރިވަރުގެ ކުލާސް ޓީޗަރަށާއި ލީޑިންގ ޓީޗަރަށް އެދުވަހު އެންގުން.ދަރިވަރު ބަދަލުވުމުގެކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެކަން ލީޑީންގ ޓީޗަރު އެންގުމުން، އެދުވަހު ޓްރާންސްފަރ ރިކުއެސްޓް އެކްސެޕްޓްކޮށް އެކަން ދަރިވަރުންގެ ރަޖިސްޓްރީ ބަލަހައްޓާ ބަޔަށާއި ދަރިވަރުގެ ބެލެނިވެރިޔާއަށް ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގުން. |     ދަރިވަރު އެހެން ސްކޫލަކަށް ޓްރާންސްފަރކުރުން |     5   | 
| 
ދަރިވަރުގެ ބެލެނިވެރިކަން ބަދަލުކުރުމަށް އެދޭ ފޯމް ފުރިހަމަކޮށް ސްކޫލަށް ހުށަހެޅުމުން، ދަރިވަރުގެ ބެލެނިވެރިކަން ސްކޫލްގެ ރަޖިސްޓްރީއާއި މިމީސް އިން ބަދަލުކޮށް އަދާހަމަކޮށް ކުލާސްޓީޗަރަށާއި ލީޑިންގ ޓީޗަރަށް އެންގުން.ބެލެނިވެރިކަން ބަދަލުވުމުން އެކަން 2 ބެލެނިވެރިންނަށް ރަސްމީ 3 ދުވަހުގެ ތެރޭގައި ސްކޫލުން ގުޅާ އެންގުން. |   ދަރިވަރުގެ ބެލެނިވެރިކަން ބަދަލުކުރުން |   6 | 
| 
ލީވިންގ ސެޓްފިކެޓަށް އެދޭ ފޯމް ފުރިހަމަކޮށް ސްކޫލަށް ހުށަހެޅުމުން، ދަރިވަރުގެ ރެކޯޑުތައް ކަށަވަރުކުރުމަށް އެކަޑަމިކް ސެކްޝަނަށް ފޮނުވުން.ދަރިވަރު ސްކޫލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެފައިސާއާއި، ޓެކްސްޓް ފޮތާއި ޓެބްލެޓް ސްކޫލަށް ޙަވާލުކުރުމަށް ބެލެނިވެރިޔާއަށް އަންގައި އެތަކެތި ބަލައިގަތުން.ޕްރިންސިޕަލްގެ ހުއްދަ ލިބި، ލީވިންގ ސެޓްފިކެޓް ތައްޔާރުވުމުން، އެކަން ބެލެނިވެރިޔާއަށް އަންގާ ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށް ބެލެނިވެރިޔާ ސްކޫލަށް ސެޓްފިކެޓްފީ ދެއްކުމުން ސެޓްފިކެޓް ދޫކުރުން.ލީވިންގް ސެޓްފިކެޓް ދޫކުރުމުގެ މުޅިމަރުޙަލާ ފޯމް ލިބޭ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި ނިންމުން. |         ލީވިންގ ސެޓްފިކެޓް ދޫކުރުން |         7 | 
| ޕްރޮކިއުމަންޓް ސެކްޝަން | 
| ސްކޫލަށް ލިބޭ ހިލޭ އެހީ ބަލައިގަތުން | 
| 
ހިލޭ އެހީގެ ގޮތުގައި ސްކޫލަށް ހަދިޔާ ކުރާ ތަކެއްޗާއި ފައިސާ ސްކޫލަށް ހަދިޔާކުރުމުގެ ކުރިން އެކަން ސްކޫލަށް އެންގުން.ހިލޭ އެހީދޭ ފަރާތުން އެހީގެ ގޮތުގައި ދެވޭ ތަކެއްޗާއި ފައިސާގެ މަޢުލޫމާތު ލިޔެ ހިލޭ އެހީގެ ހުއްދައަށް އެދޭ ފޯމް ރަސްމީ 3 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ފޮނުވުން.ހިލޭ އެހީގެ ހުއްދަ މިނިސްޓްރީން ލިބޭ ދުވަހު އެކަން އެހީދޭ ފަރާތަށް އަންގާ އެހީ ބަލައިގަތުމުގެ ކަންކަން ހަމަޖެއްސުން. |     ހިލޭއެހީގެ ގޮތުގައި ސްކޫލަށް ފައިސާއާއި ތަކެތި ހަދިޔާކުރުން |     8 | 
| ސްކޫލްގައި ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތައް | 
| 
ބިޑް ކުރެވޭ މަސައްކަތްތަކާއި • މަސައްކަތްތަކަށް ބަޖެޓް ލިބި ހުއްދަ ލިބޭތާ ރަސްމީ 5 ދުވަހުގެ ތެރޭގައި މަސައްކަތްތަކާއި ޚިދުމަތްތައް ހޯދުމަށް ގެޒެޓުގައި އިޢުލާނުކުރުން. | ބިޑް ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް ހުޅުވާލުން | 9 | 
| 
އިޢުލާނުގައި ބަޔާންކޮށްފައިވާ ލިންކު މެދުވެރިކޮށް ނުވަތަ ސްކޫލްގެ އިދާރާއަށް ދުރުވެ ބިޑަށް ނަންނޯޓްކުރުން. މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ދުވަހުގެ ގަޑިއަށް ސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުން | ނަންނޯޓްކުރުމާއި މައުލޫމާތުދިނުން އަދި ބިޑް ބަލައިގަތުން | 10 | 
| 
ބިޑްތައް ބަލައިގަންނަ ދުވަހުންފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި ބިޑްކޮމިޓީގެ ބައްދަލުވުން ބާއްވާ ބިޑްތަކާމެދު ގޮތެއް ނިންމުން | ބިޑް ކޮމިޓީ ބޭއްވުން | 11 | 
| 
ބިޑް އެވޯޑްކުރާނެ ފަރާތެއް ބިޑް ކޮމިޓީން ފާސްކުރާ ދުވަހުން ފެށިގެން ރަސްމީ  3 ދުވަހުގެ ތެރޭގައި ބިޑް ކާމިޔާބުކުރި ފަރާތަށް އެކަން ލިޔުމުން އަންގާ ޓެކްސް  ކްލިއަރެންސް ރިޕޯޓު ހުށަހެޅުމަށް އެންގުން.ޓެކްސް ކްލިއަރެންސް ރިޕޯޓް ސްކޫލަށް ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރާ މަޝްވަރާކޮށް އެގްރީމަންޓް ކުރާނެ ދުވަހެއް ކަނޑައެޅުން. |     ބިޑް އެވޯޑްކުރުން |     12 | 
| ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުން | 
| 
ހިނގަމުންދާ ދިރާސީ އަހަރު ނިމުމުގެ ކުރިން ކުރިއަށް އޮތް ދިރާސީ އަހަރުގައި ނާސްތާ ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލާ އެކަމަށް އެދި ހުށަހަޅާ ދަރިވަރުން ޕްރޮގްރާމުގައި އެންރޯލްކުރުން. |   ނާސްތާ ޕްރޮގްރާމަށް ދަރިވަރުން އެންރޯލްކުރުން |   13 | 
| 
ޕްރޮގްރާމުގައި އެންރޯލްވެ އެއްވެސް ސަބަބަކާނުލައި ވިދިވިދިގެން 10 ދުވަހު ނާސްތާ ނުނަގާނަމަ ދަރިވަރު ޕްރޮގްރާމުން ވަކިކޮށް އެކަން ބެލެނިވެރިޔާއަށް އެންގުން. | ނާސްތާ ޕްރޮގްރާމުން ދަރިވަރުން ވަކިކުރުން |   14 | 
| އިމާރާތްތަކާއި ތަކެތި ދޫކުރުމާއި ނީލަން ކިޔުން | 
| 
ސަރުކާރު އިދާރާއެއްގެ ބޭނުމަށް ސްކޫލްގެ އެއްވެސް މުދަލަކާއި ތަނެއް ބޭނުންވެއްޖެނަމަ އެކަން ބަޔާންކޮށް ރަސްމީ 5 ދުވަހުގެ ކުރިން ސްކޫލަށް ހުށަހެޅުން.މިފަދަ ތަންތަނަށް ސްކޫލްގެ މުދަލާއި ތަންތަން ދޫކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެ ހުށަހެޅުމެއް ލިބޭ ދުވަހު ފޮނުވުން.މިނިސްޓްރީގެ ހުއްދަ ލިބުމުން އެކަން ރަސްމީ 1 ދުވަހުގެ ތެރޭގައި ލިޔުމުން އެފަރާތަކަށް އެންގުން. |     ޢިމާރާތްތަކާއި ތަކެތި ދޫކުރުން |     15 | 
| 
ސްކޫލްގެ ހަރުމުދަލުގެ ތެރޭގައިހިމެނޭ އެއްވެސް އެއްޗެއް ނީލަންކިޔުން ނުވަތަ ނައްތާލުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ނީލަން ޕޯޓަލް މެދުވެރިކޮށް އެހެން އޮފީހަކުން އެ މުދަލެއް ބޭނުންވޭތޯ ކަށަވަރުކުން.އެއްވެސް އޮފީހަކުން އެ މުދަލެއް ބޭނުންވާނަމަ އެއޮފީހަކުން ފޮނުވާ މުދާ ބަދަލުކުރުމަށް އެދޭ ފޯމަށް ހުއްދަހޯދައި، މުދާ ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން.އެއްވެސް އޮފީހަކުން އެ މުދަލެއް ބޭނުންނުވާނަމަ، އެތަކެތި ނީލަން ކިޔުމަށް ސަރުކާރުގެ ގެޒެޓުގައި އިޢުލާނުކުރުން.2 ފަހަރަށް އިޢުލާނުކޮށްގެން އެއްވެސް ފަރާތަކުން މުދާ ނީލަމުގައި ނުނަގާނަމަ، ނީލަންކިޔުމާއި ނައްތާލުމުގެ އުޞޫލާއެއްގޮތަށް މުދާ ނައްތާލުމަށްފަހު އެކަން މިނިސްޓްރީއަށް ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގުން. |           ސްކޫލްގެ ތަކެތި ނީލަންކިޔުން |           16 | 
| ބަޖެޓް ސެކްޝަން | 
| ސްކޫލަށް ލިބޭ ފައިސާ ބަލައިގަތުން | 
| 
ޕީ.ޓީ.އޭ ފަންޑަށް ނަގުދުން ލިބޭފައިސާ ލިބޭ ދުވަހު ރަސީދު ހަދާ ބަލައިގަނެ އަދާހަމަކުރުން. | ޕީޓީއޭ ފައިސާ | 17 | 
| 
އެއްވެސް ފަރާތަކުން ދައްކަންޖެހޭ ފައިސާއެއްވާނަމަ، ދައްކަންޖެހޭ ފައިސާގެ ތަފްޞީލް އެފަރާތަކަށް އެންގުން.މިގޮތުން ދައްކަންޖެހޭ ފައިސާ ބަނޑޭރި ޕޭ ( https://bandeyripay.finance.gov.mv ) ލިންކު މެދުވެރިކޮށް 3 ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގުން.ފައިސާ ލިބުމުން އެކަން އެފާރަތަށް އެންގުން. | އެހެނިހެން ފައިސާ (ނީލަންކިޔުމާއި، ސެޓްފިކެޓްފީ، ހަލާކުވެގެން ނުވަތަ އިހުމާލުން ގެއްލޭ ތަކެތީގެ ފައިސާ ފަދަ އާމްދަނީ ފައިސާ ބަލައިގަތުން) |       18 | 
| 
އެއްވެސް ފަރާތަކުން އެހީގެ ގޮތުގައި ދެވޭ ފައިސާއެއް ބަލައިގަތުމުގެ ހުއްދަ މިނިސްޓްރީން ދިނުމުން، އެފައިސާ ސްކޫލްގެ އެކައުންޓް (ފޭދޫ ސްކޫލް – 7724700648001) ގެ އެކައުންޓަށް ޖަމާކުރުމަށް އެފަރާތަކަށް އެންގުން. | އެހީގެ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުން | 19 | 
| ހިއުމަން ރިސޯސް ސެކްޝަން | 
|       ވަޒީފާތަކަށް މީހުން ހަމަޖެއްސުމުގެ ކަންކަން ކުރުން | 
| 
މަޤާމްތަކަށް އިޢުލާނުކުރުމުގެ ހުއްދަ މިނިސްޓްރީން ލިބުމުން ސިވިލް ސަރވިސްގެ ޤަވާޢިދާއި ސިވިލް ސަރވިސްގެ މަޤާމްތަކަށް މީހުން ޢައްޔަންކުރުމުގެ އުޞޫލުގައިވާ އިޢުލާން ތައްޔާރުކޮށް ރަސްމީ 3 ދުވަހުގެ ތެރޭ އިޢުލާން ގެޒެޓްކުރުން. (އިއުލާންގައި ހުށައަޅަންޖެހޭ ލިޔުންތަކާއި، އެޕްލިކޭޝަން ފޯމްގެ ލިންކް، އައްޔަންކުރުމުގެ އުސޫލުގެ ލިންކް އަދި އެޕްލިކޭޝަން ފޯމް ހުށައަޅަންވީ މެއިލް ހިމަނާފައިވުން.) |     މުވައްޒަފުން ބޭނުންވާ މަޤާމްތަކަށް އިޢުލާނުކުރުން |     20 | 
| 
ވަޒީފާއަށް އެދި ސްކޫލްގެ ކައުންޓަރަށް ހުށައެޅޭ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި ބަލައިގަނެވޭނެ، ފޯމް ޗެކްކުރުމަށްފަހު ކެނޑިޑޭޓު ނަމްބަރާއެކު އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް ވަގުތުން އެފަރާތަށް ހަވާލުކުރުން.އީމެއިލް މެދުވެރިކޮށް ހުށައެޅިފައިވާ ފޯމްތައް ޗެކްކޮށް ކެނޑިޑޭޓު ނަމްބަރާއެކު ރަސްމީ ބަންދުނޫން 1 ދުވަހުގެތެރޭގައި އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް އީމެއިލްގެ ޛަރީއާއިން އެފަރާތަށް ފޮނުވުން.ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަނުވާނަމަ އިއުލާންގެ މުއްދަތު ހަމަވުމުގެކުރިން އެންގުން. |       ވަޒީފާއަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަތުން |       21 | 
| 
ވަޒީފާއަށްއެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީއަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައް ވަކިކޮށް ސްކްރީނިންގ ޝީޓް ސަރުކާރުގެ ގެޒެޓްގައި އާއްމުކުރުން.ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، އިންޓަރވިއު ބޭއްވުމުގެ ކުރިން ސަބަބު ބަޔާންކޮށް ލިޔުމުން އެންގުން.ސްކްރީނިންގ މަރުޙަލާގައި އެއްވެސް ޝަކުވާއެއް އޮތްނަމަ ސްކްރީނިންގ ޝީޓް ގެޒެޓްކުރާ ދުވަހުން ފެށިގެން ރަސްމީ 3 ދުވަހުގެ ތެރޭގައި ލިޔުމުން ސްކޫލްގެ އިދާރާއަށް ހުށަހެޅުން.ސްކްރީނިންގ މަރުޙަލާގައި ހުށަހެޅޭ ޝަކުވާތަކަށް ރަސްމީ 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން. |           ސްކްރީނިންގ މަރުހަލާ |           22 | 
| 
ވަޒީފާގެ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ކަނޑައެޅުމުން އިންޓަރވިއު ޕެނެލް އެކުލަވާލައި އިންޓަރވިއު ބާއްވާނޭ ތާރީޚާއި ގަޑި އަދި ތަން،އިންޓަރވިއު ބާއްވާގަޑީގެ 48 ގަޑިއިރު ކުރިން ކެނޑިޑޭޓަށް އީމެއިލް މެދުވެރިކޮށް އެންގުން.ޕްރެކްޓިކަލްއަށް ތައްޔާރުވާންޖެހޭ ގޮތުގެ މައުލޫމާތު ކެންޑިޑޭޓަށް އީމެއިލް މެދުވެރިކޮށް އެންގުން. |     އިންޓަރވިއު ބޭއްވުން     |     23 | 
| 
އިންޓަރވިއު ބޭއްވުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އޭޓޫ ޝީޓް ސަރުކާރުގެ ގެޒެޓްގައި އާއްމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް ރަސްމީ 3 ދުވަހުގެ ފުރުޞަޠު ހުޅުވާލުން.ޝަކުވާ ހުށައެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބެލުމަށްފަހު ހުށަހެޅި ޝަކުވާއާ ގުޅޭގޮތުން ނިންމި ނިންމުން ޝަކުވާ ހުށައެޅި ފަރާތަށް އެންގުން.ހުށައެޅޭ ޝަކުވާއާއި ގުޅިގެން އޭޓޫ ޝީޓަށް ބަދަލެއް އައިސްފިނަމަ އިސްލާހުކޮށް އަލުން ސަރުކާރުގެ ގެޒެޓްގައި އާއްމުކުރުން. |       އޭޓޫ ޝީޓް އާއްމުކުރުމާއި ޝަކުވާ ހުށަހެޅުން |       24 | 
| 
އޭޓޫ ޝީޓަށް ހުށައެޅޭ ޝަކުވާހުށައެޅުމުގެ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބަލައި އެފަރާތްތަކަށް ޖަވާބު ދިނުމަށްފަހު، އޭޓޫ ޝީޓުން އެންމެމަތިން މާރކްސް ލިބުނު ފަރާތަށް  ވަޒީފާގެ ހަމަޖެއްސުމަށް ޖޮބް އޮފަރ ލެޓަރ ނުވަތަ ފޯމް އީމެއިލް މެދުވެރިކޮށް ރަސްމީ 3 ދުވަހުގެ ތެރޭގައި ފޮނުވުން.ޖޮބް އޮފަރ ލެޓަރ އަށް ޖަވާބު ދިނުމަށް ދެވިފައިވާ 72 ގަޑިއިރުގެ ސުންގަޑި ހަމަވުމުން އެއްވެސް ޖަވާބެއް ނުލިބޭނަމަ 2 ވަނައަށް އެންމެ މަތީން މާކުސް ހޯދި ކެނޑިޑޭޓަށް ޖޮބް އޮފަރ ލެޓަރ ނުވަތަ ފޯމު ފޮނުވުން.ޖޮބް އޮފަރ ޤަބޫލުކޮށް ހުށަހެޅުމުން، އެޓޭސްޓުކުރި ލިޔުންތަކާއި ކުށުގެ ރެކޯޑު ސާފުކޮށް ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދިނުން.ހުރިހާ ލިޔެކިޔުންތަކެއް ހަމަވުމުން، ހަމަވާ ދުވަހުން ފެށިގެން ރަސްމީ ދެ ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމަށް ފޮނުވުން. |           ވަޒީފާ ހަމަޖެއްސުން |           25 | 
| އެކަޑަމިކް ސެކްޝަން |   | 
| 
ދަރިވަރުންނާއި ބެލެނިވެރިންނަށް އިތުރު ހަރަކާތެއް / މުބާރާތެއް ނުވަތަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އެދި ސްކޫލްގެ އިސްވެރިޔާއަށް ލިޔުމުން ހުށަހެޅުން.ދަރިވަރުންނާއި ބެލެނިވެރިންނަށް އިތުރު ހަރަކާތެއް / މުބާރާތެއް ނުވަތަ ހޭލުންތެރިކުރުމުގެ ގޮތުން ރާވާ ހަރަކާތަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އެކަށީގެންވާ ހަރަކާތެއްތޯ ބަލައި، ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދައި، އެކަމަކާމެދު ނިންމި ނިންމުން، ރަސްމީ 3 ދުވަސްތެރޭ ލިޔުމުން އެފަރާތަކަށް އެންގުން. | ދަރިވަރުންނާއި ބެލެނިވެރިންނަށް އިތުރު ހަރަކާތެއް / މުބާރާތެއް ނުވަތަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް އާންމު ފަރާތަކުން ހުށަހެޅުމުން އެކަން ކުރިއަށް ގެންދިއުން | 26 | 
| 
އަމިއްލަ ފަރާތަކުން އިނާމު ހުށަހެޅުމަށް ބޭނުންވާކަން އެދި ސްކޫލަށް ހުށަހެޅުންހުށަހެޅުންތަކާމެދު މަޝްވަރާކުރެވި ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދައި    އެފަރާތަށް ދޭންޖެހޭ ޖަވާބު ރަސްމީ 5 ދުވަހުގެ ތެރޭގައި ދިނުން. | އަމިއްލަ ފަރާތްތަކުން ސްކޫލުގައި ހިންގާ މުބާރާތަކަށް އިނާމު ހުށަހެޅުން | 27 | 
| 
އެ މަސައްކަތެއް ސްކޫލް ޕީޓީއޭގެ ނާއިބު ރައީސަށް ނުވަތަ ސްކޫލް ޕީޓީއޭގެ ކޯޑިނޭޓަރ އަށް އެންގުން.އެމަސައްކަތް ރައީސަށް ހުށަހަޅާ ރަސްމީ 3 ދުވަހުގެ ތެރޭ ޕީޓީއޭގެ ބައްދަލުވުމެއް ބާއްވާ ގޮތެއް ކަނޑައެޅުން.ޕީޓީއޭ އިން ނިންމާ ނިންމުން ނިންމިތާ ރަސްމީ 1 ދުވަހުގެ ތެރޭ އެކަން ހުށަހެޅި ފަރާތަށް އެންގުން. |   ސްކޫލްގެ ޕީޓީއޭއަށް އާންމުންގެ ފަރާތުން ހުށަހެޅޭ މަސައްކަތްތައް ކުރުން |   28   | 
| 
ކޮންމެ ދިރާސީ އަހަރެއް ނިމުމުގެ ކުރިން، ކުރިއަށް އޮތް ދިރާސީ އަހަރު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް މިނިސްޓްރީން ކަނޑައަޅަ އުޞޫލެއްގެ މަތީން ހޯދައި ސްކޫލަށް ގެނައުން.ސްޓޭޝަނަރީ ވައުޗަރ ބޭނުންވާ ދަރިވަރުންނަށް ސްޓޭޝަނަރީ ހޯދުމަށް އެދި ސިޓީ ހުށަހެޅުމަށް ހުޅުވާލުން.ދަރިވަރުންގެ ރިޕޯޓް ފޮތާއެކު ސްޓޭޝަނަރީ ވައުޗަރ ދޫކުރުން.ޓެކްސްޓް ފޮތްތައް ސްކޫލަށް ލިބޭ މިންވަރަކުން ލިބޭ ދުވަހުން ފެށިގެން ރަސްމީ 3 ދުވަހުގެ ތެރޭގައި ދަރިވަރުންނަށް ދޫކުރަން ފެށުން. |       ދަރިވަރުންނާއި މުވައްޒަފުންނަށް ޓެކްސްޓް ފޮތްތަކާއި ވައުޗަރ ދޫކުރުން |       29 | 
| 
ދަރިވަރުންގެ ރެކޯރޑްތައް (ކޮންމެ ޓަރމެއް ވަކިން) މީމިސްގައި އަދާ ހަމަ ކުރެވޭނެއެވެ.ރިޕޯޓްފޯމުގައި އެއްވެސްކަހަލަ މައްސަލައެއް އުޅޭނަމަ އެކަން ރިޕޯޓުފޯމު ދޫކުރާ ދުވަހުގެ 14:00 ގެ ކުރިން ކުލާސް މުދައްރިސަށް އެންގުން.ކުލާސް މުދައްރިސް މާއްދާގެ މުދައްރިސްގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްދިނުން.ރިޕޯޓް ފޯމާ ގުޅޭ މައްސަލަ ބަލައި ހައްލުކޮށްދިނުމަށްފަހު ލަސްވެގެން ރަސްމީ 2 ދުވަސްތެރޭ ދަރިވަރުގެ ބެލެނިވެރިޔާއަށާއި ލީޑިންގ ޓީޗަރަށް ކުލާސްޓީޗަރު އެންގުން. |     ތަޢުލީމީ ރެކޯޑު ބެލެހެއްޓުމާއި، ރިޕޯޓްފޯމު ދޫކުރުމާއި އެއާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި ޖަވާބުދާރީވުން |     30 | 
| ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން އޮފީހުން ދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected] މި އީ-މެއިލްގެ ޒަރީއާއިންނެވެ. ނުވަތަ އޮފީހުގެ އިސް ބޭފުޅަކަށް އެޑްރެސްކޮށްފައި ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 7 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ. މީގެއިތުރަށް، އޮފީހުގެ އާންމު ނަންބަރު ކަމުގައިވާ 6540579 އަށް ގުޅައިގެންވެސް ހުށަހެޅޭނެއެވެ. މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައްގެނެވޭނެއެވެ.     ގުޅުއްވުމަށް:  +960 6540579    [email protected] ފޭދޫ ސްކޫލް / މަރުކަޒީހިނގުން ، ށ.ފޭދޫ ، ދިވެހިރާއްޖެ   |