ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށުން ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ.

 

އިޢުލާން

ނަމްބަރު:  (IUL)257/257/2022/1

ހއ.ބާރަށުން ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ.

 

                                       ހއ.ބާރަށުން 3000 އަކަފޫޓުގެ 100 ބަންޑާރަގޯތި ދޫކުރުމަށް ކަނޑައަޅާފައިވާތީ، މި ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

                  ވީމާ ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން ، ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 31 ޖެނުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ފޯމު ހުށަހެޅުމަށް ދެންނެވީމެވެ.މިއިދާރާ ގެ މެއިލް [email protected] ނުވަތަ gov.mv މެދުވެރިކޮށްވެސް މިއިދާރާއަށް ފޯމު ހުށަހެޅޭނެއެވެ. އީމެއިލް އަދި  gov.mv މެދުވެރިކޮށް ހުށަހަޅާ ފޯމު އަދި ހުށަހަޅާ ގަނޑުތައް ހަމައަށް އިދާރާއަށް ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުން އިދާރާއަށް ގުޅައިގެން ކަށަވަރުކުރަންވާނެއެވެ.                 

                  ފޯމު ބަލައިގަތުމާއި، ގޯތި ދޫކުރުމުގައި ޢަމަލުކުރާނީ "ހއ.ބާރަށުން ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ އުޞޫލު" އާއި އެއްގޮތަށެވެ. މި އުޞޫލު މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވިފައިވާނެއެވެ. ބަންޑާރަ ގޯއްޗަށްއެދޭ ފޯމު ރަސްމީ ދުވަސްތަކުގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

 

ދިރިއުޅުމަށްޓަކައި ގޯއްޗަށް އެދޭ ފަރާތުގެ ހުންނަންވާ ޝަރުތުތައް

  1. ދިވެހި ރައްޔިތެއް ކަމުގައިވުން.
  2. އުމުރުން 18( އަށާރަ) އަހަރު ފުރިފައިވުން. (ގޯތި ދޫކުރަން އިޢުލާންކުރާތާރީޚާއި ހަމައަށް 18 އަހަރު ފުރިފައިވާ).
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600( ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން. ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދޫކޮށްލުން.
  5. ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން. ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ  02 ( ދެއެއް ) އަހަރަށްވުރެ ގިނަދުވަސްވެފައިވުން.
  6. އެއްމެދު ޢިމާރާތެއް، ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން. ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާ ނުވަތަ ވިއްކާ ފައިވާތާ 02 ( ދެއެއް ) އަހަރަށްވުރެ ގިނަދުވަސްވެފައިވުން.

 

                 01 ޖުމާދަލްއާޙިރު 1443

                 04  ޖެނުއަރީ  2022                 

04 ޖަނަވަރީ 2022
ހޯދާ