ދިވެހިރާއްޖެ
| 
 ކުންފުނި އަހަރީ ފީ  | 
| 
 1. ކުންފުނީގެ އަހަރީ ފީ ދައްކަން ޖެހެނީ ކޮން ފަރާތްތަކެއް؟  | 
| 
 ކުންފުނީގެ އަހަރީ ފީ އަކީ، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ޕްރައިވެޓް ކުންފުނިތަކުންނާއި ޕަބްލިކް ކުންފުނި ތަކުން އަހަރަކު އެއްފަހަރު ދައްކަންޖެހޭ ފީ އެކެވެ.  | 
| 
 2. ކުންފުނީގެ އަހަރީ ފީގެ ގޮތުގައި ދައްކަންޖެހެނީ ކިހާވަރެއް؟  | 
| 
 ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕްރައިވެޓް ކުންފުނިތަކުން އަހަރީ ފީގެ ގޮތުގައި ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ނިޔަލަށް ދައްކަންޖެހެނީ -/2,000 ( ދެހާސް ) ރުފިޔާ އެވެ. އަދި ޕަބްލިކް ކުންފުނިތަކުން އަހަރީ ފީގެ ގޮތުގައި ދައްކަންޖެހެނީ -/10,000 (ދިހަހާސް) ރުފިޔާ އެވެ. ކުންފުނި ރަޖިސްޓަރީ ކުރާ އަހަރުގެ އަހަރީ ފީ ދައްކާނީ ކުންފުނި ރަޖިސްޓަރީ ކުރާއިރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓަށެވެ. އެއަށްފަހު އަހަރީ ފީ ދައްކާނީ މީރާއަށެވެ.  | 
| 
 4. ކުންފުނިތަކުގެ އަހަރީ ފީ ދެއްކުމުގެ ސުންގަޑިއަކީ ކޮބާ؟  | 
| 
 ކޮންމެ އަހަރެއްގެ އަހަރީ ފީވެސް އެ އަހަރުގެ މާރިޗު މަސް ނިމުމުގެ ކުރިން ދައްކަން ޖެހޭނެއެވެ.  | 
| 
 5. ކުންފުނިތަކުގެ އަހަރީ ފީ، ސުންގަޑިއަށް ނުދެއްކިއްޖެނަމަ، ޖޫރިމަނާ ވާނެތޯ އަދި ޖޫރިމަނާ ވާނީ ކިހިނެއް؟  | 
| 
 ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ އަހަރީ ފީ އެ އަހަރެއްގެ މާރިޗު މަސް ނިމުމުގެ ކުރިން ދައްކަން ވާނެ އެވެ. މާރިޗު މަހުގެ ނިޔަލަށް އަހަރީ ފީ ނުދެއްކިއްޖެނަމަ، ޖޫރިމަނާ ވާ އުސޫލަކީ : މާރިޗު މަސް ނިމި އެޕްރީލް މަހުގެ ނިޔަލަށް: -/1,000 ( އެއްހާސް ) ރުފިޔާ އެޕްރީލް މަހުގެ ފަހުން: -/2,500 ( ދެހާސް ފަސްސަތޭކަ ) ރުފިޔާ  | 
| 
 6. ކުންފުނިތަކުގެ އަހަރީ ފީ ފާއިތުވި އަހަރަށް ނުދައްކައި، ހިނގަމުންދާ އަހަރުގެ އަހަރީ ފީ ދެއްކޭނެތަ؟  | 
| 
 ހިނގަމުންދާ އަހަރުގެ އަހަރީ ފީ ބަލައިގަންނާނީ، ފާއިތުވި އަހަރުތަކުގެ އަހަރީ ފީ މީރާއަށް ދައްކާފައިވާނަމައެވެ.  | 
| 
 7. އުވާލަން ހުށަހަޅާފައިވާ ކުންފުނި ތަކުންވެސް ހިނގާ އަހަރުގެ އަހަރީ ފީ ދެއްކުމަށް ލާޒިމުވޭތަ؟  | 
| 
 31 މާރިޗުގެ ކުރިން ކުންފުނި އުވާލުމަށް ހުށަހަޅާފައިވާ ކުންފުނިތަކުން އެ އަހަރުގެ އަހަރީ ފީ ދެއްކުން ލާޒިމެއް ނުވާނެއެވެ. ނަމަވެސް އުވާލަން ހުށަހަޅާފައިވަނީ އެ އަހަރުގެ 31 މާރިޗުގެ ފަހުންކަމުގައިވާނަމަ އެ އަހަރަށް އެ ކުންފުންޏަކުން އަހަރީ ފީ ދައްކަންޖެހޭނެއެވެ.  | 
| 
 ރާއްޖެއިން ބޭރުން ގެންނަ މުދަލުގެ ކޮންސައިނީ ބަދަލުކުރުން  | 
| 
 1. ރާއްޖެއިން ބޭރުން ގެންނަ މުދަލުގެ ކޮންސައިނީ ބަދަލުކުރުމުގައި ބަލާ މިންގަނޑަކީ ކޮބާ؟  | 
| 
 ރާއްޖެއަށް އެތެރެކުރާ މުދަލުގެ ކޮންސައިނީ ބަދަލުކޮށްދެވޭނީ، ކޮންސައިނީ ބަދަލުކުރާ ފަރާތާއި އަދި ބަދަލު ކުރެވޭ ފަރާތުންވެސް މީރާއަށް ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކަށްވެސް އެ ހިނދަށް ދައްކަންޖެހި ނުދައްކައި ހުރި އެއްވެސް ފައިސާއެއް ވާނަމަ، އެ ފައިސާ ދައްކައި ޚަލާޞް ކުރުމުންނެވެ.  | 
| 
 2. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހި ނުދައްކައި ހުރި އެއްވެސް ފައިސާއެއް ވޭތޯ ބަލާނީ ކިހިނެތް؟  | 
| 
 "މީރާ 902" ފޯމު ފުރުމަށްފަހު މި އޮތޯރިޓީއަށް ހުށަހެޅުމުން، އެ މައުލޫމާތު ފޯރުވައިދެވޭނެއެވެ.  | 
| 
 ޖީ.އެސް.ޓީ ހިމަނައިގެން، މުދަލުގެ އަގާއި ޚިދުމަތުގެ އަގު ޖެހުން  | 
| 
 1. ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރައްވައިފައިވާ ފަރާތްތަކުން މުދަލާއި ޚިދުމަތުގެ އަގު ޖަހަނީ ކިހިނެތް؟  | 
| 
 މުދަލާއި ޚިދުމަތުގައި އަގު ޖަހާއިރު އަގު ޖަހަންޖެހޭނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. އަދި މި ބަދަލު އެންމެ ލަސްވެގެން 1 އޮގަސްޓް 2013 ގެ ކުރިން ގެނެސް ނިންމަންޖެހޭނެއެވެ.  | 
| 
 2. ވިޔަފާރީގެ ހަރަކާތް ހިންގާ ތަނުގައި ވިއްކާ މުދަލާއި ޚިދުމަތުގެ އަގު ޖެހިފައިވާ އުސޫލު ފެންނަން ހުރުން ލާޒިމުތަ؟  | 
| 
 މުދަލާއި ޚިދުމަތުގައި އަގު ޖެހިފައިވާ ގޮތް ކަސްޓަމަރުންނަށް ފެންނާނެހެން ޓެކްސްނެގޭ ޙަރަކާތް ހިންގާ ތަނުގައި ހާމަކޮށްފައި ހުންނަންޖެހޭނެއެވެ.  | 
| 
 3. މި ބަދަލާ ގުޅިގެން ޓެކްސް އިންވޮއިސް/ރަސީދު ތައްޔާރު ކުރުމުގައި އެއްވެސް ބަދަލެއް ގެންނަން ޖެހޭތަ؟  | 
| 
 މުދަލުގައި އަގު ޖަހާފައިވާގޮތަށް ގެނެވޭ މި ބަދަލާ ގުޅިގެން، މިހާރުވެސް ދޫކުރެވެމުންދާ ޓެކްސް އިންވޮއިސް އަދި ރަސީދުގެ ފޯމެޓަށް ބަދަލެއް ނާންނާނެއެވެ.  | 
| 
 4. ސަރވިސް ޗާރޖް ނަގައިގެން ދެވޭ ވިޔަފާރި ތަކުގައި އަގު ޖަހަންޖެހޭނީ ކިހިނެތް؟  | 
| 
 ސަރވިސް ޗާރޖް ނަގައިގެން ދެވޭ ވިޔަފާރީގެ ޚިދުމަތްތަކުގައި އަގު ޖަހަންޖެހޭނީ، އެ ޚިދުމަތުގެ އަގާއި، ސަރވިސް ޗާރޖަށް ދައްކަންޖެހޭ މިންވަރާއި، ޖީ.އެސް.ޓީ އަށް ދައްކަންޖެހޭ މިންވަރު ހިމަނައިގެން ޖުމުލަ އަގު ހިސާބުކުރެވޭގޮތަށެވެ.  | 
| 
 މި ލިޔުމުގައި ހިމެނިފައިވާ މަޢުލޫމާތަކީ، މި މަޢުލޫމާތު ޝާއިޢުކުރެވުނު ވަގުތުގައި ޞައްޙަ މަޢުލޫމާތެކެވެ. އަދި މި މަޢުލޫމާތަކީ ދިވެހިރާއްޖޭގެ ޓެކުހާ ގުޅޭ ތަފުސީލު ރިސާރޗަކާ އެއްފަދަ ނުވަތަ ދިވެހިރާއްޖޭގެ ޓެކުހާ ބެހޭގޮތުން ދެވޭ ފަންނީ ލަފަޔަކާ އެއްފަދަ މަޢުލޫމާތެއް ނޫނެވެ.  | 
| 
 އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ހޮޓްލައިން: 1415، ފެކްސް: 6577 331 އީމެއިލް: [email protected]، ވެބްސައިޓް: www.mira.gov.mv  | 
