މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަފާ ފުރާ ޞަރަހައްދު ކަނޑައެޅުމާއިގުޅޭ

ދެކުނު ބަނދަރު ބޭނުންކުރައްވާ ފަރާތްތަކުން ލަފާފުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސިޑި ހިމެނޭ ޞަރަހައްދު ހުސްކޮށް ބޭއްވުމަށް ބޭނުންވެއެވެ.
އެހެންކަމުން ސިޑި ހިމެނޭ ޞަރަހައްދު ސިޑިން ކޮންމެ އަރިއަކަށް 30 ފޫޓްގެ ޞަރަހައްދެއް އަރާފޭބުމަށް ޚާއްޞަކޮށްފައިވާ ޞަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ، ޞަރަހައްދުގައި ބޯޑުޖަހާފައިވާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، ދަތުރު ފަތުރުކުރައްވާ ފަރާތްތަކުން ލަފާފުރުމަށް ފިޔަވައި އެހެނިހެން ބޭނުންތަކުގައި ސިޑީ ހިމެނޭ ޞަރަހައްދު ބޭނުންކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ޖަނަވަރީ 2022
ހޯދާ