ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ލ. ކަލައިދޫ އިންޑޯރ ބެޑްމިންޓަން ހޯލު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ (ދެވަނަ އިޢުލާން)

ލ. ކަލައިދޫ އިންޑޯރ ބެޑްމިންޓަން ހޯލު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލުގެ އިޢުލާން ނަމްބަރު: (IUL)456-ECMS/456/2021/190 (31 އޮކްޓޯބަރ 2021) އިޢުލާނަށް، ބިޑުހުށަހެޅި ފަރާތުން ބިޑް ބާޠިލްކޮށްދިނުމަށް އެދި ހުޅަހަޅާފައިވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ރަޖިސްޓަރީވުމަށް އެދި  ރަސްމީގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑްޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކުމެންޓްގެ އަގަކީ -/200ރ (ދުއިސައްތަ ރުފިޔާ / - ) އެވެ.

#

ތަފްޞީލް

ތަން

ތާރީޚް

ގަޑި

1

ބީލަމަށް ރަޖިސްޓްރީ ކުރުން

ލ. ކަލައިދޫ ކައުންސިލް އިދާރާ

02 ޖަނަވަރީ 2022 އިން

06 ޖަނަވަރީ 2022 އަށް

9:00– 12:00

2

ޕްރީ ބިޑް މީޓިންގ

ލ. ކަލައިދޫ ކައުންސިލް އިދާރާ

06 ޖަނަވަރީ 2022 (ބްރާސްފަތި)

13:00

3

ބީލަން ހުށަހެޅުން

ލ. ކަލައިދޫ ކައުންސިލް އިދާރާ

12 ޖަނަވަރީ 2022 (ބުދަ)

13:00

* ބީލަމުގައި ރަޖިސްޓްރީ ކުރުން އޮންނާނީ ސަރުކާރު ރަސްމީދުވަސްތަކު ކަނޑައެޅިފައިވާ ގަޑީގައެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމަންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ [email protected] މެއިލަށް 02 ޖަނަވަރީ 2022 އިން 11 ޖަނަވަރީ 2022 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް މެއިލްކުރައްވާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

ބީލަން ރަޖިސްޓްރީ ކުރައްވަން ވަޑައިގަންނަވާއިރު ނުވަތަ އީމޭލް ކުރައްވާއިރު އަދި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި.ޑީ.ކާޑާއި، ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެކޮޕީ ގެންނަވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެއެވެ. މި އިޢުލާނާއި ގުޅިގެން އޮންނަ ޕްރީ ބިޑް މީޓިންގގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

30 ޑިސެންބަރު 2021
ހޯދާ