| 
 ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ. 
 | 
| 
 މަޤާމު 
 | 
 ސެކިއުރިޓީ ގާޑް  
 | 
| 
 މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން 
 | 
 ސަޕޯޓް ސްޓާފް 
 | 
| 
 މުސާރައާއި ޢިނާޔަތްތައް 
 | 
 މަހަކު -/9,000 ރުފިޔާ (ކަނޑައެޅިފައިވާ އިނާޔަތްތަކާއެކު) 
ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ފުޑް އެންޑް ރިސްކް އެލަވަންސް ދެވޭނެއެވެ. 
 | 
| 
 ޑިޕާރޓްމެންޓް 
 | 
 ސެކިއުރިޓީ އެންޑް ސަވައިލެންސް 
 | 
| 
 ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން 
 | 
 ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކަނޑައަޅާ ސައިޓެއްގައި 
 | 
| 
 ބޭނުންވާ އަދަދު 
 | 
 15 
 | 
| 
 ޝަރުޠު 
 | 
- ދިވެހި ރައްޔިތެއް ކަމުގައިވުން
 
- ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން
 
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން
 
- މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން
 
  | 
| 
 މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ކުންފުނިން ހަމަޖައްސާ އުސޫލުގެ ދަށުން ހަވާލުކުރެވޭ ސައިޓްގެ ސެކިއުރިޓީގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން؛
 
- ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ރިޕޯޓްކުރުން؛
 
- ސައިޓަށް ނުވަތަ ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގެއްލުމެއް ލިބިދާނެކަމެއް ފާހަގަވާނަމަ އެންގުން؛
 
- ސެކިއުޓީ އޮފިސަރުންގެ ޑިއުޓީ ރޮސްޓަރއާ އެއްގޮތްވާ ގޮތުގެ މަތިން ޑިއުޓީ އަދާކުރުން؛
 
- ކުންފުނީގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކަށް އަމަލުކުރުން؛
 
- ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭގައި ހެދިފައިވާ އެންމެހާ ޤާނޫނުތަކަށާއި ގަވައިދުތަކަށް އަމަލުކުރުން؛
 
- ސަލާމަތާއި ރައްކާތެރިކަން ބެލުމަށް ބޭނުންކުރާ ލިޔެކިޔުންތައް ތައްޔާރުކުރުން؛
 
- މީގެ އިތުރުން ކުންފުނިންރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން؛
 
- ކޯޕަރޭޝަންސްގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
 
- ކޯޕަރޭޝަންގެ މަޤްޞަދުތައް ހާސިލުކުރުމަށް އޮފީހުގެ އެހެންނިހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން؛
 
- މިނޫންވެސް ކޯޕަރޭޝަނުން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން؛
 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: 
 | 
- މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން
 
- މީހުންނާއި ރަނގަޅަށް މުއާމަލާތްކުރަން އިނގޭ ފަރާތެއްކަމުގައިވުން
 
 
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި: 
  
 | 
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
 
- ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
 
  | 
| 
 ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން: 
 | 
 2022 ޖެނުއަރީ 06 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުން. 
 | 
| 
 އިންޓަރވިއު: 
 | 
 - އިންޓަރވިއުއާއި އިމްތިޙާނުކުރުން 2022 ޖެނުއަރީ މަސް ތެރޭގައި ކުރިއަށް ގެންދެވޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
 ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. 
މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ. 
މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ. 
 | 
| 
 26 ޖުމާދުލްޢައްވަލް 1443 
30 ޑިސެމްބަރ 2021 
 |