ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ ( ކޮންޓްރެކްޓް )

މަޤާމު:

ޑްރައިވަރ ( ކޮންޓްރެކްޓް )

މުއްދަތު

 2 މަސްދުވަހަށް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިންމަންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ގއ.ވިލިނގިލީ ކައުންސިލް އިދާރާ

މުސާރަ:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/500 ( ފަސްސަތޭކަ ރުފިޔާ )

މަސައްކަތުގެ އުޖޫރަ:

  • މަސައްކަތު އުޖޫރަ ދެވޭނީ ކައުންސިލުން ނިންމާފައިވާ ނިންމުމާއެއްގޮތައް ކައުންސިލުން އަންގައިގެން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން އަންގާ ގޮތުގެ މަތިން ބެކްހޯވް ލޯޑަރ ދުއްވުމާއި، ބެކްހޯވްލޯޑަރ ބޭނުން ކޮށްގެން ކުރަންޖެހޭ މަސައްކަތްކުރުން.
  2. ވަޒީފާގެ މުއްދަތުގައި ބެކްހޯވްލޯޑަރގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން .

މަޤާމުގެ ޝަރުޠުތައް:

މަސައްކަތުގެ ދާއިރާގައި ގެންގުޅޭ   ބަރުއުޅަދު އުފުލޭ ބަރުދަން 4000 ކިލޯ ( 4 ޓަން ) އިން ފެށިގެން މަތީ އުޅަދު ދުއްވުމުގެ ގިންތި C0  އެއްގަމު އުޅަދު ދުއްވުމުގެ ލައިސަންސެއް އޮތުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވޭޖްގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހެޅުން
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ
  4. ލައިސަންސްގެ އަސްލާއެއްގޮތް ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  6. އައިޑީ ކާޑުގެ ކޮޕީ ( މުއްދަތު ހަމަނުވާ )

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނު
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (09 ޖެނުއަރީ 2022) އާދިއްތަދުވަހުގެ ގެ 14.00ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް ([email protected] ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައްޝޯޓް ލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 ޖެނުއަރީ 2022 ން 14 ޖެނުއަރީ 2022 އާ ދެމެދު، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ ގައެވެ.

 

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820027 ނުވަތަ 7250027 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

30 ޑިސެންބަރު 2021
ހޯދާ