ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކް ޤާއިމިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ސްޓްރަކްޗަރަލް އަދި ފިނިޝިންގ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކް ޤާއިމިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ސްޓްރަކްޗަރަލް އަދި ފިނިޝިންގ މަސައްކަތްތަށް ކޮށްދޭނެފަރާތެއް ހޯދުން

 ނަންބަރު: TENDER/HMH/2021/029 

ހުޅުމާލެ ހޮސްޕިޓަލުންދޭ ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްގޮތަށް މިހޮސްޕިޓަލުގައި ފްލޫ ކްލިނިކް ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ސްޓްރަކްޗަރަލް އަދި ފިނިޝިންގ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

 

މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން:

ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 03 ޖެނުއަރީ 2022 ވާ ހޯމަ ދުވަހުގެ 10:00 ގައި ހޮސްޕިޓަލުގެ ވައްލަ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

13 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލުގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 9 ޖެނުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350113 / 3350152

އީ-މެއިލް: [email protected]

28 ޑިސެމްބަރ 2021

28 ޑިސެންބަރު 2021
ހޯދާ