ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ބާރަށު ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމުކުރުން

                     ހއ. ބާރަށުގައި ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

                   ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުއްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް (ބީލަންފޮތް) ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

                    ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މައުލޫމާތު ފޮނުއްވައިގެން ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ  އެފަރާތުގެ ޒިންމާއެކެވެ. ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

  1. އިޢުލާން ނަމްބަރު: (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  2. ބީލަން ހުށަހަޅާފަރާތުގެ/ކުންފުނީގެ/ ވިޔަފާރީގެ ނަމާއި ރަޖިސްޓްރޭޝަން ނަމްބަރު: (ރަޖިސްޓްރީގެ ކޮޕީއަކާއި އެކު ފޮނުވުމަށް)
  3. ގުޅޭނެ ފޯނު ނަމްބަރު:
  4. އީ މެއިލް އެޑްރެސް: (ބީލަން ފޮތް ފޮނުވާނެ އީމެއިލް)
  5. އީ މެއިލް ފޮނުވާ ފަރާތުގެ ނަމާއި މަޤާމް:

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން.

09 ޖެނުއަރީ 2022 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް

ޕްރި-ބިޑް ބައްދަލްވުން.

10 ޖެނުއަރީ 2022 ވަނަ ދުވަހުގެ 11.00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި.

ބީލަން ބަލައިގަތުން.

24 ޖެނުއަރީ 2022 ދުވަހުގެ 11.00 ގެ ނިޔަލަށް.

ބީލަންތައް ހުޅުވުން.

24 ޖެނުއަރީ 2022 ވަނަ ދުވަހުގެ 11.00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި.

 

                      ޕްރީ- ބިޑް ބައްދަލްވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުއްވުމަށް އަދި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ.  ބީލަންތައް ހުންނަންވާނީ  ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ.  އިތުރު  މަޢުލޫމާތު

 

ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016، 6500173 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މިކަމާ ގުޅިގެން މިކައުންސިލުން ކުރި ނަމްބަރު (IUL)257/257/2021/18 އިޢުލާނާ ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށްފެންނާތީ، މި އިޢުލާން ވަނީ ބާޠިލްކުރެވިފައެވެ.

 

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

 

                   24 ޖުމާދަލްއޫލާ 1443

                   28 ޑިސެމްބަރ 2021

28 ޑިސެންބަރު 2021
ހޯދާ