މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ކައުންސިލް އިދާރާގައި ހުރި ބައެއް މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުން

މިލަދުންމަޑުލު އުތުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ      

ނޫމަރާ، ދިވެހިރާއްޖެ                                 

                                                       ނަމްބަރު: (IUL)272-CA/272/2021/47

އިޢުލާން

މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ކައުންސިލް އިދާރާގައި ހުރި ބައެއް މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތައް ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދަންބޭނުން ވެއެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ޖެނުއަރީ 2022 ވާ ހޯމަ ދުވަހު 10:00 ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހު 13:00 ށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލްވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މިބިޑްގައި ބައިވެރި ވެވޭނީ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ. އަދި މައުލޫމާތު ދިނުމުގެ ބައްދަލްވުމުގައާއި ބިޑް ހުށައެޅުމުގެ ބައްދަލް ވުމުގައި ބައިވެރިވުމަށް ބަދަލްގައި ބޭފުޅަކުފޮނުއްވާނަމަ އެކަން ބަޔާކޮއް ސިޓީ އަކާއި ބަދަލްގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި އައިޑީ ކާޑް ކޮޕީ ހުށައަޅަން ވާނެއެވެ. މިލިޔުންތަށް ފުރިހަމަ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ވެސް ދެންނެވީމެވެ.

 

22 ޖުމާދަލްއޫލާ 1443

26 ޑިސެންބަރު 2021

26 ޑިސެންބަރު 2021
ހޯދާ