ދިވެހިރާއްޖެ
މަޤާމް: ކޮންސަލްޓެންޓް އިން އިންޓާނަލް މެޑިސިން
ޑިޕާޓްމަންޓް: އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރ
ތަޢުލީމާ ތަޖުރިބާ:
- މެޑިކަލް އޮފިސަރގެ ޝަރުތުހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ 3 ނުވަތަ 4 އަހަރަށްވުރެ ކުރުނޫން އެމް.ޑީ ނުވަތަ އެމް.ޑީއާއި އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.
- މެޑިކަލް އޮފިސަރެއްގެ ޝަރުތުހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2 އަހަރަށްވުރެ ކުރުނޫން އެމް.ޑީ ނުވަތަ އެމް.ޑީއާއި އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، ސްޕެޝަލިޓީ ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.
މުސާރައާއި އިނާޔަތް : މިނިސްޓްރީ އޮފް ހެލްތުގެ ޑޮކްޓަރުންގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 2022 ޖަނަވަރީ 3 ވާ ހޯމަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު
- ސީވީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ރެޖިސްޓްރޭޝަން އަދި ޕްރެކްޓިސް ކުރުމުގެ ލައިސަންސް
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350118 / 3350134 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
