ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
މެއިންޓެނަންސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

 މެއިންޓެނަންސް އޮފިސަރ

ބޭނުންވާ އަދަދު

 01 ( އެކެއް)

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން / ސެކްޝަން

އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރ  

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް: ނުވަތަ

ސަޕޯޓިންގ ކޯ އެލަވަންސް:

މަހަކު 1762.60 ރުފިޔާ (މުސާރައިގެ %28)

މަހަކު -/900 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް ރާވައި ހިންގާ، މަސައްކަތްތައް ސުޕަރވައިޒް ކުރުން.
  2. މެއިންޓެނަންސް ޑިޕާރޓްމަންޓްގެ ސްޕަރވައިޒަރެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ މުވައްޒަފުންނާއި ގުޅުންހުރިކަންކަން ބެލެހެއްޓުން.
  3. އިމާރާތުގެ ޕްލޭނަށާއި ތަން ރަނގަޅަށް ބަލައި،  މަރާމާތުގެ މަސައްކަތްތައް ކުރަން ބޭނުންވާ ތަކެއްޗާއި، މަރާމާތު ކުރާނެގޮތް ކަނޑައެޅުމާއި، މަސައްކަތް ކުރާނެ ޕްލޭންތައް ހެދުން.
  4. އިމާރާތުގެ ޕްލޭނަށާއި ތަން ރަނގަޅަށް ބަލައި، ކަރަންޓް ވައިރުކުރަން ބޭނުންވާ ތަކެއްޗާއި ކަރަންޓްވައިރު ކުރާނެޕްލޭންތައް ހެދުން.
  5. އިމާރާތުގެ ޕްލޭނަށާއި ތަން ރަނގަޅަށް ބަލައި، ފެންވައިރުކުރަންބޭނުންވާ ތަކެއްޗާއި ފެންވައިރު ކުރާނެގޮތް ކަނޑައެޅުމާއި، ކަރަންޓްވައިރިންފަދަ ކަމަކަށް އަސަރުނުކުރާނެގޮތަކަށް ހޮޅި އަޅާނެ ޕްލޭންތައް ހެދުން.
  6. އިމާރާތުގެ ޕްލޭނަށާއި ތަން ރަނގަޅަށް ބަލައި، އެއަރކަންޑިޝަނިންގ މަސައްކަތްތަކަށް ބޭނުންވާ ތަކެއްޗާއި، ކުރާނެގޮތް ކަނޑައެޅުމާއި، މަސައްކަތްކުރާނެ  ޕްލޭންތައް ހެދުން.
  7. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ކުރަން ހުންނަ މަރާމާތުގެ މަސައްކަތްތައް ރާވައި މަސައްކަތް ސްޕަރވައިޒްކުރުން.
  8. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ކުރަން ހުންނަ މެކޭނިކަލް މަސައްކަތްތައް ރާވައި މަސައްކަތް ސްޕަރވައިޒްކުރުން.
  9. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ކުރަން ހުންނަ ކަރަންޓްގެ މަސައްކަތްތައް ރާވައި މަސައްކަތްތައް ސްޕަރވައިޒްކުރުން.
  10. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ކުރަން ހުންނަ ރޭނުމުގެ މަސައްކަތްތަކާއި ވަޑާމުގެ މަސައްކަތްތައް ރާވައި މަސައްކަތްތައް ސްޕަރވައިޒްކުރުން.
  11. ހޮސްޕިޓަލުގެ ބެކްއަޕް ޖެނެރޭޓަރތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ރޫޓިންގކޮށް ކުރަންޖެހޭ މެއިންޓެނަންސް ސާރވިސް ކުރުމަށް މުވައްޒަފުންނަށް ދޭންޖެހޭ އެހީތެރިކަންދިނުމާއި މަސައްކަތް ސްޕަރވައިޒްކުރުން.
  12. ހޮސްޕިޓަލުގެ ލޯންޑްރީ މެޝިނަރީޒްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ރޫޓިންގކޮށް ކުރަންޖެހޭ މެއިންޓެނަންސް ސާރވިސް ކުރުމަށް މުވައްޒަފުންނަށް ދޭންޖެހޭ އެހީތެރިކަންދިނުމާއި މަސައްކަތް ސްޕަރވައިޒްކުރުން.
  13. މެއިންޓެނަންސް މަސައްކަތްތައް ކުރުމަށް ބޭނުންވާ ޓޫލްސް، މެޝިނަރީޒް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  14. މެއިންޓެނަންސް މަސައްކަތްތައް ކުރުމަށް ބޭނުންވާ މެޓީރިއަލްސް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  15. ކުރެވޭ މަސައްކަތްތަކުގެ ލޮގް ލިޔެ ބެލެހެއްޓުން.
  16. މަސައްކަތްކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތައް ވީހާވެސް އަވަހަކަށް ޑިޕާރޓްމަންޓްގެ ވެރިޔާއަށް އެންގުން
  17. މަސައްކަތުގެ ދާއިރާގައި ކުރަންޖެހޭ ކަންތައްތައް ކުރަން ހަމަޖެހިފައިވާ ޤަވާޢިދުތަކާއި، އުޞޫލުތަކާއި އެއްގޮތަށް ފަރުވާތެރިކަމާއެކު ކުރުން.
  18. ހޮސްޕިޓަލުގައި ދިމާވާ އިމަރޖެންސީތަކުގައި ވީހާވެސް އަވަހަކަށް (ލަސްވެގެން 10 މިނިޓްތެރޭގައި) ހޮސްޕިޓަލަށް ހާޒިރުވެ، މަސައްކަތް ފެށުން.
  19. ހިއުމަން ރިސޯސް ޕޮލިސީތަކަށް އަންނަ ބަދަލުތަށް ރިވިއުކޮށް ގެންނަންޖެހޭ އެންމެހާ އަޕްޑޭޓް ގެނައުމާއިއެކު އަންގަންޖެހޭ ޑިޕާޓްމަންޓްތަކަށް އެންގުން
  20. އޮފީހުގެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތު

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

 

މަގާމުގެ ތައުލީމީ ރޮނގުތައް:

އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް

މެކޭނިކަލް އިންޖިނިއަރިންގ

ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ

 

މަގާމުގެ މަސައްކަތުގެ ދާއިރާތައް:

އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް

މެކޭނިކަލް އިންޖިނިއަރިންގ

ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  7. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  9. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  10. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  11. (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  12. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  13. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖަނަވަރީ 3 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ.

 ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

 

26 ޑިސެންބަރު 2021
ހޯދާ