ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކުރުން

ނަމްބަރު:  (IUL)257/257/2021/67

1443 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރާއި ގުޅޭ

ތާރީޚް: 23 ޑިސެމްބަރ  2021

 

             1442ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް  02 ޖެނުއަރީ 2022 އިން 20 ޖެނުއަރީ 2022 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

             އެހެންކަމުން، 02 ޖެނުއަރީ  2022 އިން 20 ޖެނުއަރީ 2022 އަށް ހުޅުވާ ލެވުނު ފުރުޞަތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ  ފޯމު ދޫކުރުމާއި ބަލައިގަތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު  9.00 އިން  12.00 އަށް ވަނީހަމަޖެހިފައެވެ.  ފޯމު ހުށައަޅުއްވާނީ ހުރީހާ ލިޔެކިއުންތަކާއިއެކުއެވެ.

            ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް 23 ޑިސެމްބަރ 2021 އިން ފެށިގެން މި ކައުންސިލުން ލިބޭނެއެވެ.

            އަދި މީގެ ކުރިން 1442 ވަނަ އައަރު ފަޤީރުންގެ ލިސްޓްގައިވާ ފަރާތްތަކުން ، އަލުން މި އެކުލެވޭ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ.  ފޯމު ހުށަހެޅުމުގެ ފުރުޞަތުވަނީ 02 ޖެނުއަރީ 2022 އިން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13.00 ގެ އަށްށެވެ. މިމުއްދަތުގެ ފަހުން ހުށަހެޅޭ ފޯމު ބަލައި ނުގަނެވޭނެއެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

19 ޖުމާދުލްއޫލަ  1442                                        

                     23 ޑިސެމްބަރ  2021

23 ޑިސެންބަރު 2021
ހޯދާ