މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ރާއްޖޭގެ 6 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީ ކުރުން

ރާއްޖޭގެ 6 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީ ކުރުން

ގަވާއިދު ނަންބަރު 2021/R-114 (ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން، ތިރީގައިވާ ޑޮމެސްޓިކް އެއަރޕޯޓްތައް ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް އާންމުކޮށް ހުޅުވައިލަމެވެ.

މި މޮޑެލްގެ ދަށުން، އަންނަނިވި 6 ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރުން ހިމެނެއެވެ.

އެއަރޕޯޓް ހިމެނޭ ރަށް / ސަރަޙައްދު

މަޝްރޫޢަށް ހޭދަވާނެކަމަށް އަންދާޒާކުރާ ޖުމުލަ އަދަދު (އެމެރިކާ ޑޮލަރުން)

1.

ހދ. މަކުނުދޫ

23,300,000 USD

2.

ށ. ބިލެތްފަހި

23,600,000 USD

3.

ބ. ތުޅާދޫ

21,900,000 USD

4.

ތ. ވިލުފުށި

33,300,000 USD

5.

ފ. މަގޫދޫ

8,200,000 USD

6.

ރ. އަތޮޅު ދެކުނުބިތުގައި (ރަށް އަދި ކަނޑައެޅިފައެއް ނުވޭ )

23,600,000 USD

ޝައުޤުވެރިކަން ފާޅުކޮށް ހުށަހެޅުމާ ގުޅޭ ގޮތުން އަންނަނިވި މައިގަނޑު ނުކުތާތައް ހިމެނެއެވެ.

(ހ)  ކޮންމެ އެއަރޕޯޓަކީ ވަކި މަޝްރޫޢެކެވެ. ޝައުޤުވެރިކަން ފާޅުކުރުމުގައި، ތަރައްޤީ ކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއަރޕޯޓު މަޝްރޫޢަކަށް ކަން ބަޔާންކުރަންވާނެއެވެ.

(ށ)  ޝައުޤުވެރިކަށް ފާޅުކުރުމުގައި، ހަމައެކަނި ފައިނޭންސް ކުރާނަމަ، އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިޔަން (USD 5,000,000) އެމެރިކާ ޑޮލަރެވެ.

(ނ)  ޝައުޤުވެރިކަށް ފާޅުކުރުމުގައި، މުޅި އެއަރޕޯޓް ތަރައްޤީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ވެސް ހުށަހެޅިދާނެއެވެ.

(ރ)  އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫޢެއްގެ މުޤާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓާއި، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައިދެވޭނެއެވެ.

(ބ)  މި މޮޑެލްގެ ދަށުން، ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު (އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ) ގެ ދަށުން، ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. އީމެއިލުން ނަމަ ފޮނުވާނީ، [email protected] އަށެވެ. ޝައުޤުވެރިކަން ފާޅުކޮށް ހުށަހެޅުމުގައި، އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެއެވެ.

20 ޑިސެންބަރު 2021
ހޯދާ