ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2021/592
އިޢުލާން
މި ކުންފުނީގެ ބްރާންޗްތަކަށް ބޭނުންވާ އަލިފާން ނިވިތައް ސާރވިސްކުރުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ކުންފުނީގެ ބްރާންޗްތަކަށް ބޭނުންވާ އަލިފާން ނިވިތައް ސާރވިސްކުރުމުގެ އެއްމެހާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތައް މި ކުންފުނީގެ ހެޑްއޮފީސް އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.
|
ތާރީޚް |
ވަގުތު |
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
21 ޑިސެމްބަރ 2021 އިން 09 ޖަނަވަރީ 2022 |
09:00 އިން 14:00 |
މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) |
08 ޖަނަވަރީ 2022 |
15:00 މެންދުރު |
އަންދާސީ ހިސާބު ހުށަހެޅުން |
10 ޖަނަވަރީ 2022 |
11:00 ހެނދުނު |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރ
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރ
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.
ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.