ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2021/288 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-148-21) PSM-GA /2021/170 |
އިޢުލާން
- ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނީގެ ޓީވީއެމް ބިލްޑިންގ ގޯތިތެރޭގައި ހުރި "ޑައުންލިންކް ޑިޝް އެންޓަނާ" ރޭޑިއޯ ބިލްޑިންގ ގޯތިތެރެއަށް ބަދަލުކުރުމަށްޓަކައި އަޑުގެ ގޯތިތެރޭގައި ކޮންކްރީޓުން ބުޑުއަޅައިދިނުމާއި، ޓީވީގައި ހުރި އެންޓަނާ ރޫޅާލުމާއި، އެންޓަނާ އަޑަށް ގެންދިއުމާއި، ސާރވިސްކޮށް،އިންސްޓޯލްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2021/239 އިޢުލާނާގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލްގައިވާ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުވާތީ، އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މިޑިޝް އެންޓަނާ ބަދަލުކުރުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
11 ޖުމާދުލްއޫލާ 1443
15 ޑިސެމްބަރ 2021
