ދިވެހިރާއްޖެ
މާލެސިޓީގެ މިސްކިތްތައް ހިލޭސާބަހަށް ފޮޅާސާފު ކުރުމަށާއި މަރާމާތު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އަދި މިސްކިތަކަށް ތަކެތި ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މާލެ ސިޓީގެ މިސްކިތްތަކަށް ހިލޭ ސާބަހަށް ޚިދުމަތް ކޮށްދިނުމުގައި ގެންގުޅޭނެ އުސޫލު އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. މި އުސޫލު އިޢުލާނާއި އެއްކަރުދާސްކޮށްފައި ވާނެއެވެ. މި ގޮތުން މި އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން މާލެސިޓީގެ މިސްކިތްތައް ހިލޭސާބަހަށް ފޮޅާސާފު ކުރުމަށާއި މަރާމާތު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އަދި މިސްކިތަކަށް ތަކެތި ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކުން މާލެ ސިޓީ ކައުންސިލަށް ހުށަހަޅަމުން ގެންދެވުމަށް ދަންނަވަމެވެ. އަދި ފައިސާގެ އެހީތެރިކަން ވާން ބޭނުންފުޅުވާ ފަރާތްތަކުން ފިނޭންސް މިނިސްޓްރީގެ 'ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ޑޮނޭޓް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
