ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް

 

މި ކައުންސިލްގެ ނަންބަރު:  (IUL)225-ID/225/2021/33 (28 ނޮވެންބަރު 2021)އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަން ބާޠިލްކޮށް، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށްއެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަލުން ހުޅުވާލަމެވެ.

 

  1. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01، GC02 އަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 2021 ޑިސެންބަރު 15  ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 19 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް ގޫގުލް ފޯމް https://forms.gle/EmxziAYjHAhdccn78 އިންނެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. 
  3. މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5000.00 (ފަސް ހާސް ރުފިޔާ) ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ.
  4. މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2021 ޑިސެންބަރު 15 ވަނަ  ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  5. މި ބީލަމާ ގުޅޭ އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެންބަރު 20 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. 
  6. ބީލަން ހުޅުވުން އޮންނާނީ  2021 ޑިސެންބަރު 23 ވާބުރާސްފަތި ދުވަހު 11:00 ގައި މި ކައުންސިލްގެ ކޮންފަރެންސް ހޯލްގައެވެ. ބިޑް ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

  • ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
  • އީމެއިލް އެޑްރެސް:[email protected]  
  • ފޯން ނަންބަރު:  6500120، 6500095

 

 

 

 

 

14 ޑިސެންބަރު 2021
ހޯދާ