ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ޖަމާލުއްދީން ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން - 2022

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. 2022 ވަނަ އަހަރު މި ސްކޫލްގެ ގޯތިތެރެއާއި އެންމެހައި ޢިމާރާތްތަކާއި ޢިމާރާތްތަކުގައިވާ ތަކެއްޗާއި އިންފާރުގެ ވަށައިގެންވާ މަގުތަކުގެ ސެކިޔުރިޓީ ބަލަހައްޓައިދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.

 

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޑިސެންބަރު 14 އިން 2021 ޑިސެންބަރު 20 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:30 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

3. މި ބީލަމާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް  2021 ޑިސެންބަރު 20 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ފޯނު ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

4. މި ޕްރޮޖެކްޓާއި ބެހޭގޮތުން ޕްރީބިޑް މީޓިންއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

 

5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ޑިސެންބަރު 21 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.

 

6. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޖަމާލުއްދީން ސްކޫލް

މާލެ،

ފޯން: 3324415

އީ-މެއިލް: [email protected]

14 ޑިސެންބަރު 2021
ހޯދާ