ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
13 އޭސީ ގަތުމަށާއި ހަރުކުރުމަށް ބޭނުންވެއްޖެ

މިސްކޫލަށް 12 އޭސީ ގަތުމަށާއި ހަރުކުރުމަށް ބޭނުންވެގެންކުރެވުނު މިސްކޫލްގެ ނަންބަރ: (IUL)IM/1/2021/54  އިއއުލާނާއި ގުޅިގެން ހުށައެޅިފައިވާ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެއިލާން ބާތިލްކޮށް ބައެއް ބަދަލުތަކާއެކު އަލުން އިއުލާންކުރީމެވެ.

  1. މިސްކޫލްގެ 1 ކުލާސް ރޫމްގައި (18000 ބީޓީޔޫގެ 2 އޭސީ، އިންވާޓަރ )، 4 ކުލާސް ރޫމްގައި ( ކޮންމެ ކުލާސް ރޫމެއްގައި  18000 ބީޓީޔޫގެ 1 އޭސީ އަދި 12000 ބީޓީޔޫގެ 1 އޭސީ އިންވާޓަރ ) އަދި ކެމިސްޓްރީ ލެބްގައި (18000 ބީޓީޔޫގެ 2 އޭސީ، އިންވާޓަރ )، ޑެޕިޔުޓީ ޕްރިންސިޕަލް ރޫމްގައި (9000 ބީޓީޔޫގެ 1 އޭސީ އިންވާޓަރ) ޖުމްލަ 13 އޭސީ ގަތުމަށާއި ހަރުކުރުމަށް ބޭނުންވެއެވެ. މި 13 އޭސީއަކީ ބްރޭންޑް ނިއު އޭސީއަށް ވާންވާނެއެވެ.  
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021  ޑިސެމްބަރ 19 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10.00 ގައި ޢިމާދުއްދީން ސުކޫލުގައެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  5. އޭސީ ހަރުކުރަންޖެހޭ 5 ކުލާސްރޫމަކީ ގްރައުންޑްގައިވާ 5 ކުލާސްރޫމެވެ. އަދި މީގެތެރެއިން 1 ކުލާހުގައިވަނީ އޭސީ ހަރުކުރެވޭގޮތަށް ކަރަންޓް ވައިރިންއެޅިފައެވެ. ބާކީ ހަތަރު ކުލާސްރޫމްގައި ވައިރިންގ އެޅުމުގެ މަސައްކަތް ކުރަންވާނީ އޭސީ ހަރުކުރުމާ ހަވާލުވާ ފަރާތުންނެވެ.
  6. ކެމިސްޓްރީ ލެބްގައި މިހާރު ހަރުކުރެވިފައިވާ 2 އޭސީ އަދި ޑެޕިޔުޓީ ޕްރިންސިޕަލް ރޫމްގައި ހުރި 1 އޭސީ ނެއްޓުމުގެ މަސައްކަތް ކުރިއަށްގެންދަންވާނީ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ. ފިޒިކްސް ލެބް ހުންނާނީ ތިންވަނަ ފްލޯރގައެވެ. އަދި ޑެޕިޔުޓީ ޕްރިންސިޕަލް ރޫމް ހުންނާނީ ގްރައުންޑްގައެވެ.  
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޢިމާދުއްދީން ސްކޫލް

ރެހެންދި ހިނގުން،  މާލެ، ދިވެހިރާއްޖެ

ފޯން: , 33157633315759

އީ-މެއިލް: [email protected]

13 ޑިސެންބަރު 2021
ހޯދާ