ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އޮޑިޓަރ

މަޤާމް :އޮޑިޓަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                              

މަޤާމް:

އޮޑިޓަރ

އަސާސީ މުސާރަ:

-/6,950 ރުފިޔާ

ސާރވިސް އެލަވަންސް:

-/2,520 ރުފިޔާ

މަޤާމުގެ ރޭންކް:

އޭ އެސް 4

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އިންޓާނަލް އޮޑިޓް

މަޤާމުގެ ބާވަތް:

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕަބްލިކް ސަރވީސް މީޑިއާގެ ޑިޕާޓްމަންޓްތަކާއި، ޗެނަލްތައް ހިންގަމުންދަނީ ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތަށްތޯ ބަލައި ޗީފް އިންޓަރނަލް އޮޑިޓަރއަށް ރިޕޯޓް ކުރުން.
  • އިންޓަރނަލް އޮޑިޓް ސްކޯޕް އަދި ޕްލޭން ތައްޔާރު ކުރުމަށް ޗީޕް އިންޓަރނަލް އޮޑިޓަރއަށް އެހީތެރިވުން.
  • އޯޑިޓް ވާރކްޕްލޭން ތައްޔާރުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުމާއި އެކުލަވާލުން.
  • އޮޑިޓް ޕްލޭނާ އެއްގޮތަށް ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން.
  • އޮޑިޓް ކުރުމަށްޓަކައި ބޭނުންވާ ހުރިހާ މައުލޫމާތު ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުންނާއި ޗެނަލްތަކުން ހޯދުން.
  • މައުލޫމާތު ދިރާސާކޮށް، ކޮންޓްރޯލް ވީކްނަސް ފާހަގަކޮށް، ރަންގަޅުކުރަން ބޭނުންވާ ލަފަޔާއި އިރުޝާދު ދިރުން.
  • ޑްރާފްޓް ޑިސްކަޝަން ޕޭޕަރ އާއި ޑްރާފްޓް އޮޑިޓް ރިޕޯޓް ތައްޔާރު ކުރުން.
  • އޮޑިޓް ރިޕޯޓް ތައްޔާރުކުރުމަށް، ޗީޕް އިންޓަރނަލް އޮޑިޓަރ ބޭނުންވާ އެހީތެރިކަން ދިނުން.
  • އެކްސްޓަރނަލް އޮޑިޓް އަދި އިންޓަރނަލް އޮޑިޓަގައި ރަނގަޅު ކުރުމަށް ލަފާދީފައިފާ ކަންކަން ރަނގަޅު ކުރަމުންގެންދޭތޯ ބެލުން.
  • އެކްސްޓަރނަލް އޮޑިޓިންގ ގައި އެފަރާތައް ދޭންޖެހޭ އެއްބާރުލުން ދިނުން.
  • އަދި މުވައްޒަފުގެ ޒިންމާގެ އިތުރުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް : ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 27 ޑިސެންބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.

                           09 ޖުމާދަލްޢޫލާ 1443  
13 ޑިސެންބަރު 2021
ހޯދާ