ދިވެހިރާއްޖެ
މަޤާމް :އެސިސްޓެންޓް އޮފިސަރ - އެޑްމިން އެންޑް ޕްރޮކިއުމެންޓް ސެކްޝަން | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ނަންބަރު: AS/IUL/2021/051
މަޤާމް: އެސިސްޓެންޓް އޮފިސަރ
ބޭނުންވާ އަދަދު: 1
ޑިޕާޓްމަންޓް/ސެކްޝަން: އެޑްމިން އެންޑް ޕްރޮކިއުމެންޓް ސެކްޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 5 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުންޏަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރުން.
- ތަކެތި ގަތުމާ ގުޅިގެން ކުރާ މުޢާމަލާތްތަކުގެ ލިޔެކިޔުންތައް ހެދުމާއި ފައިލްކޮށް ބެލެހެއްޓުން.
- ތަކެއްޗާއި ޚިދުމަތް ހޯދުމަށް ކުރިއަށްގެންދަންޖެހޭ ބީލަންތަކުގެ މަސައްކަތްތައްކޮށް ބެލެހެއްޓުން.
- ކުންފުނީގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
- މިނޫންވެސް ޕްރޮކިއުމެންޓް ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/4000 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)
- އެޓެންޑަންސް އެލަވަންސް: -/1400 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 19 ޑިސެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.