ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ފުވައްމުލަކުގައި ސާރފް ޝެކެއް ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 12 ޑިސެންބަރު 2021 އިން 21 ޑިސެންބަރު 2021 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.
3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 12 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ލިބެން ހުންނާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު އަދި ބިޑް ފޯމް، ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.
4. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 21 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި އީމެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 21 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 26 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862830، 6862829
އީމެއިލް: [email protected]
