ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް) - ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2021/233 

ތާރީޚް: 08 ޑިސެންބަރު 2021

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

ރޭންކް: އެމް.އެސް 1

މުއްދަތު

1 އަހަރު (މަސައްކަތުގެ އަޚްލާގާއި، މަސައްކަތުގެ ފެންވަރަށް ރިޢާޔަތްކޮށް ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެވެ.)

ޢަދަދު

01

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/5,610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

-  ޖުޑީޝަލް އެލަވަންސް: -/2,244 (އަސާސީ މުސާރައިގެ %40)

-  ސަރވިސް އެލަވަންސް: -/2,000

-  ލިވިންގ އެލަވަންސް: -/2550

-  ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

-  ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

ކޯޓުގެ އިދާރީ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
އެގޮތުން:

  1. ކޯޓުގެ މުވައްޒަފުންނާ ގުޅުންހުރި އެންމެހައި މަސައްކަތް ހިންގާ ބެލެހެއްޓުން.
  2. ކޯޓަށް ބޭނުންވާ ތަކެއްޗާއި، ހިދުމަތް ހޯދުމަށް ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތް ހިންގާ ބެލެހެއްޓުން.
  3. ކޯޓުގެ ޢާންމު އިދާރީ ހުރިހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
  4. ކޯޓުގެ މާލީ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.
  5. ކޯޓުގެ ސްޓެޓިސްޓިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  6. ކޯޓުގެ އައިޓީ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.

ތަޢުލީމީ ރޮނގު

މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އައިޓީ މެނޭޖްމަންޓް.

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންސް / އެކައުންޓްސް މެނޭޖްމަންޓް
  3. އިންފޮމޭޝަން ޓެކްނޮލޮޖީ / ނެޓްވަރކް މެނޭޖްމަންޓް / އައިޓީ ސެކިއުރިޓީ / ސޮފްޓްވެއަރ ، ހާޑްވެއަރ އިންޖިނިއަރިންގް
  4. ޝަރީޢަތާއި ޤާނޫނު.

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  11. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގައި ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާނަމަ، އެކުންފުންޏަކީ 50 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެއް ކަމުގައިވުން.

ސުންގަޑި

2021 ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ފޯމާއެކު ފުރިހަމަކޮށް ހުށަހަޅަންޖެހޭ މަޢުލޫމާތު ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • ·            މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340852 / 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ލިބިފައިވާ ތަޢުލީމް

30%

މަސައްކަތު ތަޖުރިބާ

10%

މަސައްކަތައް ބޭނުންވާ ހުނަރު

10%

އިންޓަރވިއު

50%

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ބޭސިކް އައިޓީ ނޮލެޖް ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް، ކޮރަލްޑްރޯ އަދި ޕަވަރޕޮއިންޓް ފަދަ ޕްރޮގްރާމްސްތަކާއި، މަސައްކަތާ ގުޅުންހުރި ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.
  • ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
  • ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ޝަރުއީދާއިރާ ތަމްޞީލުކުރެވޭނެ ފަރާތަކަށްވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވާޢިދާއި، ޕެންޝަނާބެހޭ ޤާނޫނާއި، ކޯޓުތަކާބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  • ރާއްޖެއާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުކުރެވޭނެ ފަދަ ސިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން. 
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
08 ޑިސެންބަރު 2021
ހޯދާ