ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 މަސްވެރިންގެ ދުވަސް ފާހަގަ ކުރުން

2021 މަސްވެރިންގެ ދުވަސް ފާހަގަ ކުރުން

           މިކައުންސިލް އިދާރާއިން 2021 ވަނަ އަހަރު މަސްވެރިންގެ ދުވަސް ( 10 ޑިސެމްބަރ 2021) ފާހަގަ ކުރުމުގެ ގޮތުން 09 ޑިސެމްބަރ 2021 ވާ ބުރާސްފަރި ދުވަހުގެ ރޭ ހުރިހާ މަސްވެރިންނަށް ކެއުމެއް ބޭއްވުމަށް ހަމަޖެހިފައިވާތީ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޭޓަރިން ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ.

      ވީމާ، މިޚިދުމަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ޑިސެމްބަރ 2021 ވާ ބުދަދުވަހު 14:00 ށް އަގު ހުށަހެޅުއްވުން އެދެމެވެ.

އަގު ހުށަހެޅުމަށް ދެވޭ މައުލޫމާތު

  1. ޖުމްލަ މީހުންގެ އަދަދު: 70

-          1.1 ކޭޓަރ  ކުރާއިރު މެނޫ އެކުލަވާލަންވާނީ މަދުނުވާ މިންވަރަށް ތިރީގައިމިވާ ބާވަތްތައް ހިމަނައިގެން.

-          3 މެއިން ޑިޝް

-          2 ޑެސަރޓސް

-          ފްރެޝް ޑްރިންކް އަދި ސްފްޓް ޑްރިންކް

-          1 ސެލެޑް

-          ފެނާއި ދުފުން

1.2    މީހުންނަށް ތިބެވޭގޮތަށް މެޒުތައް އަތުރާ ބުފޭ ތައްޔާރުކޮށް ދިނުން

 

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 6820020 އަށް ގުޅުއްވުން އެދެމެވެ.

07 ޑިސެންބަރު 2021
ހޯދާ