ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކް އެމްޕްލޯއީމަންޓްގެ ދަށުން ވަގުތީ ކުނިކޮށީގައި މަސައްކަތްކުރާނެ މުވައްޒަފުން ބޭނުންވެއްޖެ.

އިއުލާން

 

މިއިދާރާއިން ބަލަހައްޓަމުންގެންދާ ކުނިކޮށީގައި ކޮންޓްރެކްޓް އެމްޕްލޯއީމަންޓްގެ ދަށުން މަސައްކަތްކުރާނެ މީހުން ބޭނުންވެއްޖެ.

 

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

 02 

މަޤާމުގެ ގިންތި:

ވަގުތީ

މަސައްކަތް ކުރަންޖެހޭ ތަން:

ހއ.ބާރަށު ކުނިކޮށި

ބޭނުންވާ މުއްދަތު:

01 އަހަރު

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ގޮތް:

ދުވާލަކު 6 ގަޑިއިރު

މުސާރަ:

3500.00

އެހެނިހެން އެލަވަންސް:

  • ކައުންސިލުން ދިނުމަށް ހަމަޖައްސަވާ އުޞޫލުން ރަމަޟާން މަހުގެ އިނާޔަތުފައިސާ.
  • ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ދުވަހަކަށް 30.00 ރުފިޔާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށުކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ މަތިން ކުނިޖަމާކުރެވޭ ކުނިކޮށީގައި މަސައްކަތްކުރުން.

 

  1. ކޮންމެ މަސައްކަތު ދުވަހެއްގެ ހެނދުނު 7:55 ގެ ކުރިން ކައުންސިލް އިދާރާއަށް ހާޒިރުވެ ހާޒިރީގައި ސޮއިކޮށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަނަށް ހާޒިރުވެ މަސައްކަތްކުރުން.

 

  1. ކައުންސިލް އިދާރާއިން އަންގާ އުޞޫލެއްގެ މަތިން ކުނި ކޮށްޓަށް ކުނިގެންދާ ފަރާތްތަކުން އުޞޫލުން ބޭރުން ޢަމަލުކުރާނަމަ އެކަންކަން ނޯޓްކޮށް ކައުންސިލް އިދާރާއަށް އެންގުން.

 

  1. ކުނިކޮށި ހިމެނޭ މަގާއި، ކުނިކޮށި އިންވެގެންވާ ސަރަޙައްދު ވިނަނޮޅާ ސާފުކުރުން.
  2. ކުނިކޮށި އެތެރެ ތަރުތީބުކޮށް ބެލެހެއްޓުމާއި، ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.

 

  1. ކައުންސިލް އިދާރާއިން ހަމަޖައްސާ އުޞޫލާއެއްގޮތަށް ކުނިކޮށީގެ އިމާރާތަށާއި، ސްޓްރަކްޗަރގެ ކުދި މަރާމާތުތައްކޮށް އާބާތުރަ ފިލުވުން.

 

  1. ކައުންސިލް އިދާރާއިން ކަނޑައަޅާ ވަގުތައް ކުނިކޮށި ބަންދުކުރުން. އަދި ކުނިކޮށްޓަށް ކުނި އަޅަމުންގެންދަނީ ކައުންސިލް އިދާރާއިން ކަނޑައަޅާފައިވާ އުޞޫލާއިއެއްގޮތަށްކަން ކަށަވަރުކޮށް އެނޫން ހާލަތްތަކުގައި އެކަމެއް އިސްލާހުކުރުވުން.

 

  1. މީގެ އިތުރުންވެސް ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތީން ކުނިމެނޭޖުކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައްކުރުން.

މަޤާމުގެ ޝަރުތުތައް:

  • ލިޔަންކިޔަން އެނގުމާއިއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން. (ލިޔަން ކިޔަން އެނގޭކަން ދެނެގަތުމަށްޓަކައި ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

ވަޒީފާއަށް އެންމެޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  2. މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި، ފެންވަރާއި،ބޭނުންވާ ސިފަތައް ދެނެގަތުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރަތްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (މުއްދަތު ހަމަނުވާ).

3. ސަރުކާރުގެ ވަޒީފާއެއް އަދާކުރާ ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ލިބިފައިވާ ތަޢުލީމާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (މަޤާމުގެ ޝަރުތުތަކާއި ގުޅޭ ލިޔުންތައް)

5. ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޑިސެމްބަރު 2021 ގެ 14:00 ގެ ކުރިން، ބާރަށު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ކުރައްވާނަމަ ލިޔުންތައް އިދާރާއަށް ލިބިފައިވާކަން ކަށަވަރުކުރެއްވުމަކީ ހުށަހަޅުއްވާ ފަރާތުގެ

ޒިންމާއެކެވެ.

 

އިންޓަރވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ވަގުތު ޝަރުތު ހަމަވާ ފަރާތްތަކަށް ފަހުން އަންގާނެ ވާހަކަ ދެންނެވީމެވެ.

ސޯޓް

ލިސްޓްކުރުން.

 

ވަޒީފާއަށް އެދި ހުށަހަޅާ، ޝާރުތުހަމަވާ ފަރާތްތަކުގެ އަދަދު (03) އަށްވުރެ ގިނަނަމަ، ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ (03) ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

ހޯދުން.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500016  ނަމްބަރު ފޯނާއެވެ. އީ-މެއިލް ކުރާނި[email protected]  އަށެވެ.

 

     

02 ޖުމާދަލްއޫލާ 1443

06 ޑިސެމްބަރު 2021 

06 ޑިސެންބަރު 2021
ހޯދާ