ޅޮހީ ސްކޫލް
ދިވެހިރާއްޖެ
2022 ވަނައަހަރު ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

2022ވަނައަހަރު ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

 

2022 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ..

 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 ޑިސެމަބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން ސްކޫލް އޮފީހަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރި ވާ ހުރިހާ ފަރާތްތަކަށްވެސް ބިޑް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

ރަޖިސްޓްރީ ވާ ފަރާތުގެ ނަން:

ރެޖިސްޓްރީ ނަންބަރ:

އީ މެއިލް އަދި ގުޅޭނެ ފޯން ނަންބަރ:

މި ބިޑާ ގުޅޭ މައުލޫމާތު ޝެޝަން އޮންނާނީ 12 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 10.30 ގައި ޅޮހީ ސްކޫލްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 10.30 ގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ޅޮހީ ސްކޫލްގައެވެ.   ކަނޑައެޅިފައިވާ ތާރީޚް ގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 13:00 އަށް 6560573 ނަންބަރު ފޯނާއެވެ.

 

05 ޑިސެމްބަރު 2021

05 ޑިސެންބަރު 2021
ހޯދާ