ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރުވެފައިވާ ކަނޑޫގަސްތައް ވިއްކުމާއި އަދި ވަކި މުއްދަތަކަށް ކަނޑޫ ހޮވުން މަނާކުރުމާއި ގުޅޭ

އިޢުލާން

މަރުވެފައިވާ ކަނޑޫގަސްތައް ވިއްކުމާއި އަދި ވަކި މުއްދަތަކަށް ކަނޑޫ ހޮވުން މަނާކުރުމާއި ގުޅޭ

        ކެލާ ކަނޑޫފަލުގައި މަރުވެފައިވާ ކަނޑޫ ގަސްތައް އެސަރަހައްދުން ނަގައި އަލުން ކަނޑޫ އިންދާ ހެއްދުމުގެ މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިކަމަށްޓަކައި މިހާރު ކަނޑޫފަލުގައި ހިކިފައިވާ ކަނޑޫގަސްތައް ވިއްކުމަށް ބޭނުންވެއެވެ. އަދި މި ކަނޑޫ ގަސްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ކެލާ ކައުންސިލުން ހިކި ކަނޑޫ ގަސް ވިއްކުމަށް  ކަނޑައަޅާފައިވާ އަގުތަކަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާފައިވާ "ކަނޑޫފާތައް ބެލެހެއްޓުމުގައި ކައުންސިލުން ސަމާލުކަންދީ އަދި މަރުވެފައިވާ ކަނޑޫ ގަސްތަކާއިމެދު އަމަލުކުރަންޖެހޭ އުސޫލް" އާއި އެއްގޮތަށެވެ.

ހިކި ކަނޑޫގަސް ވިއްކުމަށް ކައުންސިލުން ފާސްކޮށްފައިވާ އަގުތައް

1. ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 10cm ސެންޓިމީޓަރ ހަމަ ނުވާނަމަ ހިލޭ

2. ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 10cm ސެންޓިމީޓަރ އާ 20cm ދެމެދު ގަހުގެ އަގަކީ 5/-  ރުފިޔާއެވެ.

3. ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 20cm ސެންޓިމީޓަރ އާ 30cm ދެމެދު ގަހުގެ އަގަކީ 10/-  ރުފިޔާއެވެ.

4. ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 30cm އަށްވުރެން ބޮޑުނަމަ ކޮންމެ ގަހެއްގެ އިތުރުވާ ކޮންމެ cm 1 އަކަށް 50 ލާރީގެ ރޭޓުން އަގު އިތުރުވާނެއެވެ.

       ވީމާ ހިކި ކަނޑޫ ގަސް ބޭނުންވެލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއިން ދޫކުރާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުމަށް އެދެމެވެ.

       އަދި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅަފައިވާ "ކަނޑޫފާތައް ބެލެހެއްޓުމުގައި ކައުންސިލުން ސަމާލުކަންދީ އަދި މަރުވެފައިވާ ކަނޑުގަސްތަކާއިމެދު އަމަލުކުރަންޖެހޭ އުސޫލް"ގެ ދަށުން ކަނޑޫހޮވުން މި އިއުލާނުގެ ތާރީޙުން ފެށިގެން 6 މަސް ދުވަހަށް މަނާކުރެވިފައިވާ ކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

 

02 ޑިސެންބަރު 2021
ހޯދާ