މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޝަން އަދި ފައިނޭންޝަލް މެނޭޖްމަންޓް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޝަން އަދި ފައިނޭންޝަލް މެނޭޖްމަންޓް އޮފިސަރ
ބޭނުންވާ އަދަދު :1

އެކްސެލަރޭޓިންގ ރިނިއުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓޭނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢުގެ ޚަރަދުތަކަށް ވަރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރަށް ހިލޭ އެހީ ދެއްވާފައެވެ. އަދި މި ހިލޭ އެހީގެ ބައެއް މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ އެޑްމިނިސްޓްރޭޝަން އަދި ފައިނޭންޝަލް މެނޭޖްމަންޓް އޮފިސަރަކަށް ޚަރަދުކުރުމަށް ވަނީ ގަސްތުކޮށްފައެވެ.

މި މިނިސްޓްރީގެ ފަރާތުން މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

  • ފައިނޭންސް، އެކައުންޓިންގ ނުވަތަ ސްކޯޕް އޮފް ވޯރކް ގައިވާ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު؛ އަދި
  • މަދުވެގެން ހަތް (7) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި މަސައްކަތު ތަޖުރިބާގެ ތެރޭގައި މަދުވެގެން ތިން (3) އަހަރު ދުވަހުގެ ސްކޯޕް އޮފް ވޯރކް ގައިވާ މަސައްކަތާއި ގުޅުންހުރި މަސައްކަތު ތަޖުރިބާ ހިމެނުން.

މަސައްކަތަށް ހޮވޭ ފަރާތަކަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާއަށް ބަލާފަ ރުފިޔާ -/23،200 އާއި -/26،700 ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ފުލްޓައިމް ބޭސިސްގައި ހަތަރު (04) އަހަރެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މި މަސައްކަތުގެ އިތުރު މަޢުލޫމާތު މި ދަޢުވަތާއި އެކީގައި ޝާއިޢު ކުރެވިފައިވާ މި މަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔެގެން އިތުރު މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން ޑިސެމްބަރ 16، 2021 ވަނަ ދުވަހު މާލެ ގަޑިން 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

އެރައިސް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3019217

އީމެއިލް: [email protected]

ކޮޕީ: [email protected]

02 ޑިސެންބަރު 2021
ހޯދާ