ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރު ބަނދަރު ދަތުރުހިޔާ ރަސްމީކޮށް ހުޅުވުން

ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ތަރައްޤީކޮށްފައިވާ ދަތުރުހިޔާ ވަނީ  މިއަދުން ފެށިގެން ރަސްމީކޮށް ބޭނުންކުރުމަށް ހުޅުވާލެވިފައެވެ.  ދަތުރުހިޔާގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ ކޮންމެދުވަހަކުވެސް ހެނދުނު 6:00 އިން ރޭގަނޑު 11:00 އަށެވެ. ދަތުރުހިޔާގެ އިމާރާތުން އަންހެން އަދި ފިރިހެން ފާހާނާގެ އިތުރުން، ފީޑިންގ ރޫމަކާއި، ވެއިޓިން އޭރިއާއެއްގެ ޚިދުމަތް ދަތުރުވެރިންނަށް ލިބިލައްވާނެއެވެ.

             އެންމެންގެ ފަސޭހައަށް ތަރައްޤީކުރެވިފައިވާ މި ދަތުރުހިޔާ ބޭނުންކުރާ ފަރާތްތަކުން ތަނުގެ ސާފުތާހިރުކަމާއި ތަކެއްޗަށް ގެއްލުންނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް މި ފުރުޞަތުގައި އިލްތިމާސް ކުރަމެވެ.

01 ޑިސެންބަރު 2021
ހޯދާ