މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެގްޒެކެޓިވް ސިވިލް އޮފިސަރ

                         އިޢުލާން

މިސަރވިސްގެ ނަންބަރު (IUL)167-HR/167/2021/71 (14 އޮކްޓޫބަރު 2021) އިޢުލާން ބާތިލް ކުރުމަށްފަހު އަލުން އެ މަޤާމަށް މުވައްޒަފުން ނެގުމަށް އިޢުލާން ކުރަމެވެ.

 

މަޤާމް:

އެގްޒެކެޓިވް ސިވިލް އޮފިސަރ

ރޭންކް:

އެސް.ސީ 3

ކްލެސިފިކޭޝަން:

އެގްޒެކެޓިވް ސިވިލް އޮފިސަރސް

އަސާސީ މުސާރަ:

މަހަކު 13,120.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,500.00 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު 5,904.00 ރުފިޔާ

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:

ހެޑްއޮފީސް

މަޤާމުގެ ގިންތި:

ދާއިމީ

ފެންވަރު ނުވަތަ ޝަރުތު:              

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަޤާމުގެ މަސްއޫލިއްޔަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުމާއި، ހިންގުމުގެ ދާއިރާގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުން، ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަޤާމުގެ މަސްއޫލިއްޔަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުމާއި، ހިންގުމުގެ ދާއިރާގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުން، ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަސްއޫލިއްޔަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުމާއި، ހިންގުމުގެ ދާއިރާގައި މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުން،
  • މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް) އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ސަރވިސްގެ ޖަލުތަކުގައި ބަލަހައްޓާ ޤައިދީން މުޖުތަމަޢަށް އަހުލިވެރި ކުރުމަށްޓަކައި ހިންގަންޖެހޭ އެންމެހައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފަރުމާކޮށް އެ ޕްރޮގްރާމްތައް ޤައިދީންނަށް ހިންގުން.
  • ރިހެބިލިޓޭޝަން ކޮމާންޑުގެ ދަށުން އެކުލެވިގެންވާ ޕްރޮގްރާމްސް ޑިވިޜަނާއި، ކޭސް މެނޭޖްމަންޓް އެންޑް ކައުންސެލިންގ ޑިވިޜަނާއި، ޖުވެނައިލް އޮފެންޑަރ މެނޭޖްމަންޓް ޑިވިޜަނުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބަލައި މޮނީޓަރ ކުރުމާއި، ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ބޭނުންވާ ލަފަޔާއި މަޝްވަރާ ދިނުން.
  • ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް މުއައްސަސާއިންނާއި މުއައްސަސާއިން ބޭރުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ފަރާތްތައް ދެނެގަނެ އެފަދަ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމް ހިންގުމުގެ ކަންކަން ހަމަޖެއްސުން.
  • އަހަރުން އަހަރަށް ހިންގަންޖެހޭ ޕްރޮގުރާމްތަކާއި ޕްރޮގުރާމްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ޕްރޮގްރާމް ޕްލޭން ތައްޔާރު ކުރުން.
  • ޕްރޮގްރާމްތައް ކުރިއެރުވުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުމާއި، ގެނެވޭ ބަދަލުތައް މޮނީޓަރކޮށް ބެލެހެއްޓުން.
  • ޤައިދީން މުޖުތަމަޢަށް އަހުލުވެރިކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށްޓަކައި ތައްޔާރުކޮށްދިނުން..
  • ޖަލަށް ގެންނަ ޤައިދީން ޖަލަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ޖަލުން ދޫކޮށްލާ ޤައިދީންނަށް ހިންގަންޖެހޭ ރީއިންޓަގްރޭޝަން ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުން.

 

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • އިންޓަވިއު މާކުސް
  • ޕްރެޒެންޓޭޝަން މާކްސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފު ނަކަލެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ނަކަލު.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
  • ދިވެހި ސިވިލް ސަރވިސްއަށް / ދައުލަތަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކު ނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ނުވަތަ ލިޔުންތަކުގެ ސާފު ނަކަލު.
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ނަކަލު.
  • ޕޮލިސް ރިޕޯޓް

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި އެހެނިހެން ލިޔެކިޔުންތަކާއެކު 2021 ޑިސެމްބަރު 08 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) ގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި ފޯމާއެކު ހުށަހަޅާ ލިޔުންތައް ޞައްޙަ ނޫންކަމަށް ސާބިތުވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  50% ( ފަންސާސް އިންސައްތަ)

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ އަދި އީމެއިލް ލިބުނުކަން ކަށަވަރު ކުރުމަށް ގުޅާނީ 3026143 ނަންބަރު ފޯނަށް ނުވަތަ 3312694  ނަންބަރު ފޯނަށެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ.)

     

 

30 ނޮވެންބަރު 2021
ހޯދާ