މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ މެން އެންޑް ބަޔޮސްފިއަރ ރިޒާވް ގައުމީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން (ދެވަނަ އިއުލާން)

ދިވެހިރާއްޖޭގެ މެން އެންޑް ބަޔޮސްފިއަރ ރިޒާވް ގައުމީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން (ދެވަނަ އިއުލާން)

ޔުނެސްކޯ މެން އެންޑް ބަޔޮސްފިއަރ ރިޒާވަކީ (އެމް.އޭ.ބީ) ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާ ގޮތަށް، ދިރޭތަކެތީގެ ނަސްލާއި ޤުދުރަތީ ވަސީލަތްތަށް ދެމެހެއްޓެނެވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކުގެ ހަރުދާނާ ނިޒާމެއް ގާއިމުކުރެވިފައި ހުންނަތަންތަނެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ދިރޭތަކެތީގެ ނަސްލުތަކާއި ޤުދްރަތީ ނިޒާމުތައް ގިނަ ގައުމަކަށްވާއިރު މިކަހަލަ ހަރުދަނާ ނިޒާމުތައް ހުރުމަކީ، ދިވެހިރާއްޖޭގެ ޤުދްރަތީ ރީތިކަން ދަމަހައްޓައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދިރުންތައް ހިމާޔަތްކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ މަގު ފަހިވެގެންދާނެ ކަމެކެވެ.

2020 ވަނަ އަހަރާއި ހަމަޔަށް ދިވެހިރާއްޖޭގައި ޔުނެސްކޯ މެން އެންޑް ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ލިބިފައިވާ ތިން އަތޮޅެއް އެބައޮތެވެ. އެއީ ބ. އަތޮޅާއި އައްޑު އަތޮޅު އަދި ފުވައްމުލަކެވެ. މީގެ ތެރެއިން އައްޑު އަތޮޅާއި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވަކަށްވީ 2020 ވަނަ އަހަރުގައެވެ. ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި އޮންނަތާ 10 އަހަރު ވެއްޖެއެވެ. އަދި ކުރިއަށްއޮތްތާ އިތުރު ސަރަހައްދުތަކަށް މި ލަގަބު ލިބުމަކީ ދިވެހި ސަރުކާރުގެ އަމާޒެކެވެ.

32 ވަނަ އެމް.އޭ.ބީ. އިންޓަނޭޝަނަލް ކޯޑިނޭޝަން ކޮމިޓީއިން ފާސްކުރި ޓެކްނިކަލް ގައިޑްލައިންސް ފޯ ބަޔޮސްފިއަރ ރިޒާވްސްގައި ބަޔާންކޮށްފައިވާ ގޮތުން ޤައުމީ ފެންވަރުގައި ބަޔޮސްފިއަރ ރިޒާވްތަކުގެ ކަންކަން ކޯޑިނޭޓްކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި ގައުމީ ކޮމިޓީއެއް އެކުލަވާލުމަކީ މުހިއްމު ކަމެކެވެ.

ދިވެހިރާއްޖޭގެ މެން އެންޑް ބަޔޮސްފިއަރ ރިޒާވް ގައުމީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތައް ހިމެނިފައިވާތީ، މި ކޮމިޓީ އެކުލަވާލުމަށްޓަކައި، 8 ނޮވެމްބަރ 2021 ގައި ކުރެވުނު  މި މިނިސްޓްރީގެ ނަންބަރ (IUL)438-HRU/438/2021/329 އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިދައިނުވާތީ، މި ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.

މަޤާމް:

ދިވެހިރާއްޖޭގެ މެން އެންޑް ބަޔޮސްފިއަރ ރިޒާވް ގައުމީ ކޮމިޓީގެ މެންބަރު

މެންބަރުން ބޭނުންވާ ޢަދަދު:

1 (އެކެއް)

  • ތިމާވެށި ރައްކާތެރިކުރުން/ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން މަސައްކަތްކުރާ އެން.ޖީ.އޯ. މެންބަރ

އަސާސީ ޝަރުތުތައް:

1)      މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ރަޖިސްޓްރީވެފައިވާ ޖަމިއްޔާ/ޖަމާއަތެއްގެ މެންބަރަކަށްވުން.

2)      ކުރިމަތިލާ މެންބަރަކީ ތިމާވެށި ރައްކާތެރިކުރުން ނުވަތަ ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން މަސައްކަތް ކުރާ ޖަމިއްޔާ/ޖަމާއަތެއްގެ މެންބަރަކަށްވުން.

ކޮމިޓީގެ މަސްއޫލިއްޔަތުތައް:

މި އިއުލާނާއި އެކު މި ކޮމިޓީގެ ޓާމްސް އޮފް ރިފަރެންސް އެޓޭޗްކުރެވިފައިވާނެއެވެ.

އުޖޫރަ:

މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ދިވެހިރާއްޖޭގެ މެން އެންޑް ބަޔޮސްފިއަރ ރިޒާވް ގައުމީ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަހަޅާ ސިޓީ؛
  2. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  3. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ؛
  4. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ތައުލީމީ ސެޓްފިކެޓް؛
  5. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ތަޖުރިބާގެ ލިއެކިޔުން؛
  6. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތުގެ ރަޖިސްޓަރީ؛
  7. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތުގެ ޕޯޓްފޯލިއޯ؛ އަދިމެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތުން ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތަފްސީލު.

މެންބަރުން ހޮވުމުގެ އިވެލުއޭޝަން ކްރައިޓީރިއާ

އެކަކަށް ވުރެ ގިނަ ފަރާތުން އެއް ދާއިރާއަކަށް ކުރިމަތިލައިފިނަމަ، މެންބަރުން ހޮވޭނީ ކުރިމަތިލާ ފަރާތްތްކުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހުގައެވެ.

  1. ތަޢުލީމީ ފެންވަރު: ޑިޕްލޮމާ އަށް 10 މާކްސް، ޑިގްރީ އަށް 20 މާކްސް އަދި މާސްޓާސްއަށް 30 މާކްސް. (މާކުސް ދެވޭނީ އެންމެ މަތީ ތައުލީމީ ފެންވަރަށެވެ)
  2. ތަޖުރިބާ: ކުރިމަތިލާ ފަރާތުން، ކުރިމަތިލާ ދާއިރާއާއި ގުޅޭ ގޮތުން އަމިއްލައަށް މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަކަށް 5 މާކުސް، ގިނަވެގެން 30 މާކުސް.
  3. ހުށައަޅާ ޖަމިއްޔާއިން ހިންގާފައިވާ ދާއިރާއާއި ގުޅުން ހުރި ކޮންމެ ޕްރޮޖެކްޓަކަށް 10 މާކުސް، ގިނަވެގެން 40 މާކުސް.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޑިސެމްބަރ 2021 ވާ  ހޯމަ ދުވަހުގެ 12:30ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ. ލިޔުންތައް [email protected] އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތުން ތަމްސީލުކުރާނީ އެ ފަރާތެއް ނިސްބަތްވާ ޖަމިއްޔާއެވެ. އަދި ހޮވޭ މެންބަރު މި ކޮމިޓީއިން ވަކިވެއްޖެނަމަ ނުވަތަ އެ މެންބަރު ތަމްސީލުކުރާ ޖަމިއްޔާއިން ވަކިވެއްޖެނަމަ، އެ ދާއިރާއިން އެހެން މެންބަރެއް ހޮވުމަށް އަލުން އިއުލާންކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018327،3018329 އަށެވެ.

 30 ނޮވެމްބަރ 2021

30 ނޮވެންބަރު 2021
ހޯދާ