ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2021/258 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-135-21) PSM-ENG-BT /2021/02 |
އިޢުލާން
- ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނީ ޕްރޮޑަކްޝަންތަކަށް ބޭނުންވާ ވީޑިއޯ އެޑިޓިންގ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (IUL) PSM-FP/ PSM/2021/148 ނަންބަރު އިޢުލާނާއި ގުޅިގެން ލޮޓް-A އަށް ހުށަހެޅި ޕްރޮޕޯސަލްތަކުގައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމުގެ ސަބަބުން އެލޮޓް ބާޠިލްކޮށް، މިސިސްޓަމްތައް ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މިސިސްޓަމް ސަޕްލައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
23 ރަބީއުލްއާޚިރު 1443
28 ނޮވެމްބަރ 2021
