ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އައިސީޓީ އޮފިސަރ (ކޮންޓްރެކްޓް)

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2021/228 

ތާރީޚް: 29 ނޮވެންބަރު 2021

މަޤާމު

އައިސީޓީ އޮފިސަރ (ކޮންޓްރެކްޓް)

ރޭންކް: އެމް.އެސް 1

މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް. (ނަމަވެސް މަސައްކަތުގެ ފެންވަރަށް ރިޢާޔަތްކޮށް ދެފަރާތް އެއްބަސްވާ ގޮތެއްގެމަތިން ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ)

ޢަދަދު

01

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/5,610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/2,805 (އަސާސީ މުސާރައިގެ %50)

- ސަރވިސް އެލަވަންސް: -/2,000

- ލިވިންގ އެލަވަންސް: -/3,000

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • މެޖިސްޓްރޭޓް ކޯޓުތަކުން ގެންނަ ކޮމްޕިއުޓަރތައް ޓްރަބަލްޝޫޓް ކުރުން.
  • އިންހައުސްކޮށް މަރާމާތު ނުކުރެވޭ ތަކެތި މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް މަރާމާތަށް ފޮނުވުމާއި މަރާމާތު ކޮށްގެން ގެންނަތަކެތި ޗެކްކޮށް ޕްރޮކިޔުމަންޓް ސެކްޝަނާއި ޙަވާލުކުރުމާއި މަރާމާތު ނުކުރެވޭ ތަކެތި ނީލަންކިޔުމަށް ޕްރޮކިޔުމަންޓް ސެކްޝަނަށް ފޮނުވުމާއި ބަދަލުގައި ހޯދަންޖެހޭ ތަކެތި ހޯދުމަށްޓަކައި ލިސްޓްކޮށް ޕްރޮކިޔުމަންޓް ސެކްޝަނަށް  ފޮނުވުން.
  • އަ.އި.ޓީ އާގުޅޭގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށް ދޭންޖެހޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޑިޕާޓްމަންޓުގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
  • ޑިޕާޓްމަންޓަށް ބޭނުންވާ އަ.އި.ޓީ އާގުޅޭ ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.
  • މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ އަ.އި.ޓީ އާގުޅޭ  ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.
  • ސްޕީރިއަރ ކޯޓުތަކަށް ބޭނުންވާ އަ.އި.ޓީ އާ ގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޑިޕާޓްމަންޓު އަދި މެޖިސްޓްރޭޓް ކޯޓްތަކުގެ މުވައްޒަފުންގެ ރަސްމީ އީމެއިލް އެޑްރެސް ބޭނުން ކުރެވޭނެގޮތް ހަދައިދިނުމާއި ބޭނުން ކުރުމުގައި ދިމާވާ މައްސަލަތައް ޙައްލު ކޮށްދިނުން.
  • ޑިޕާޓްމަންޓްގައި ޤާއިމްކޮށްފައިވާ އިންޓަރނެޓް ކަނެކްޝަންގައި ދިމާވާ ތަފާތު މައްސަލަތައް ޙައްލު ކުރުމާއި އިންޓަރނެޓް ކަނެކްޝަން ސްޕީޑް ޗެކުކުރުމާއި، ސްޕީޑް ދައްވާނަމަ އެކަން ސަރވިސް ޕްރޮވައިޑަރގެ ސަމާލުކަމަށް ގެނައުމާއި، މައްސަލަ ޙައްލުވަންދެން މޮނީޓަރ ކުރުން އަދި ހައްލުވިކަން ކޯޓްތަކަށް އެންގުން.
  • ޑިޖިޓަލީ ރައްކާކުރެވިފައިވާ ރަސްމީ މަޢުލޫމާތުގެ ބެކަޕް ޤަވާޢިދުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  • މިނޫންވެސް އައި.ސީ.ޓީ މަސައްކަތާގުޅޭގޮތުން ވެރިއަކު އަންގަވާ މަސައްކަތެއް ކުރުން.

ތަޢުލީމީ ރޮނގު

ކޮމްޕިއުޓަރ ސައިންސް / އައިޓީގެ ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް

އިންފޮމޭޝަން ޓެކްނޮލޮޖީ / ނެޓްވަރކް މެނޭޖްމަންޓް / އައިޓީ ސެކިއުރިޓީ

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  5. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  10. ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.
  11. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.

ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުރިކަމަށް ބެލެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ތަންތަނުގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައި ވާނަމައެވެ.

  1. ޝަރުޢީދާއިރާގެ ވަޒީފާގެ އޮނިގަނޑުގައި އެމް.އެސް 3 ރޭންކުން ފެށިގެން މަތީގެ ރޭންކެއްގައި މަސައްކަތްކޮށްފައިވުން.
  2. ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވެބްސައިޓުގައި ލިސްޓުކުރެވިފައިވާ ކުންފުންޏެއްގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.
  3. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގައި ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާނަމަ، އެކުންފުންޏަކީ 50 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެއް ކަމުގައިވުން.
  4. ޤައުމީ، ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވުން.

ސުންގަޑި

2021 ޑިސެންބަރު 07 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340853 / 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ރާއްޖޭގައި ޤާއިމުކުރެވިފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ASP.NET އާއި MVC framework ގައި މަސައްކަތްކުރަން އެނގޭ، CCNA ޙާޞިލްކޮށްފައިވާ ފަރާތަކަށްވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
  • މަސައްކަތާއި ގުޅޭގޮތުން ޝަރުޢީކޯޓުތަކާއި އިދާރާތަކުގައި ހިންގޭ ކުރު ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
29 ނޮވެންބަރު 2021
ހޯދާ