ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުމަސް އެޅުމަށާއި މަހުން އެކި ބާވަތްތައް އުފައްދާ ވިއްކުމުގެ ބޭނުމުގައި މަސްވެރިންގެ އަތުން މަސްގަނެ މަސް ސާފުކުރުމަށާއި ކެނޑުމަށް މަސްމާރުކޭޓް ބޭނުންކުރާ ފަރާތްތައް ރަޖިސްޓްރީކުރުން

ލޮނުމަސް އެޅުމަށާއި މަހުން އެކި ބާވަތްތައް އުފައްދާ ވިއްކުމުގެ ބޭނުމުގައި މަސްވެރިންގެ އަތުން މަސްގަނެ މަސް ސާފުކުރުމަށާއި ކެނޑުމަށް މަސްމާރުކޭޓް ބޭނުންކުރާ ފަރާތްތަކުން "ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ އުޞޫލު" އާއި އެއްގޮތަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.

މިކަމަށް އެދޭ ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން 28 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 12:00 އިން ފެށިގެން 09 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ރަސްމީ ގަޑި ތަކުގައި އޮފީހުގެ ކައުންޓަރުން ކުރިއަށް ދާނެއެވެ.

މަސްމާރުކޭޓް ބޭނުންކުރުމުގެ އުޞޫލާ ހިލާފަށް މަސްމާރުކޭޓް ބޭނުންކުރުމަކީ މަނާކަމެއް ކަމާއި މިގޮތަށް ޢަމަލު ކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ. 

28 ނޮވެންބަރު 2021
ހޯދާ